ވިޔަފާރި

އެސްޓީއޯއިން ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފި

Jan 9, 2015
1
0%
0%
0%

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާއެކު އެސްޓީއޯ އިން ރާއްޖޭގައި ތެޔޮ ވިއްކާ އަގު ހެޔޮކޮށްފި އެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާއެކު އެސްޓީއޯ އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު މިއަދު ހެޔޮކޮށްފައިވާ ކަމަށެވެ.

އަގަށް ގެނައި ބަދަލާއެކު އެސްޓީއޯއިން ވަނީ ޕެޓްރޯލާއި ޑީސަލް ލީޓަރަކުން 1.75ރ. ހެޔޮކޮށްފައެވެ. މި ބަދަލާ ގުޅިެގން ޕަމްޕް ރޭޓް ތަކަށް ގެނެވުނު ބަދަލު ތަކާއި އެކު 14.08ރ. އަށް ލީޓަރެއް ވިއްކަމުން ދިޔަ ޑީސަލް މިހާރު ވިއްކަމުން ދާނީ ލީޓަރެއް 12.33ރ އަށެވެ. އަދި 14.12ރ އަށް ލީޓަރެއް ވިއްކަމުން ދިޔަ ޕެޓްރޯލް މިހާރު ވިއްކާނީ ލީޓަރެއް 12.37ރ. އަށެވެ.

މިއީ މިދިއަ ތިން މަހެއްހާއި ދުވަހުގެ ތެރޭގައި އެސްޓީއޯ އިން ތެލުގެ އަގަށް ގެނައި ތިން ވަނަ ބަދަލެވެ. އެގޮތުން މިދިއަ އޮކްޓޯބަރު މަހު ޕެޓްރޯލާއި ޑީސަލް ލީޓަރަކުން 1.25ރ އަގު ހެޔޮކޮށްފައި ވާއިރު  ޑިސެމްބަރު މަހު ޕެޓްރޯލް ލީޓަރަކުން 1ރ. އަދި ޑީސަލް ލީޓަރަކުން 0.75ރ. ހެޔޮ ކުރި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބެން

ވަރަށް ރަގަނޅު. މީ ޔާމީން ގެ ރަގަނޅު ކަމެއްނޫން.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345