އެމްޓީސީސީ

އަތޮޅު ލޯންޗްތަކަށް ހެންވޭރު ޓާމިނަލް ހުޅުވާލައިފި

އަތޮޅު ލޯންޗެއް ހެންވޭރު ޓާމިނަލަށް ކައިރި ކުރަނީ -- ފޮޓޯ: އަހުމަދު އަޒާން | އަވަސް
0%
0%
0%

އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ލޯންޗު ފެރީތަކަށް ހެންވޭރު ފެރީ ޓާމިނަލް ހުޅުވާލައިފި އެވެ.

ލޯންޗް ފެރީތަކަށް ހެންވޭރު ފެރީ ޓާމިނަލުން ހިދުމަތް ފޯރުކޮށްދޭން ފަށާފައިވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު (ރިޓަޔަޑް) ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ ވިދާޅުވީ ހެންވޭރު ފެރީ ޓާމިނަލަކީ ހުޅުލޭގެ އިތުރުން ކްރޮސްރޯޑަށް ދަތުރުކުރާ ފެރީތައް ބޭނުންކުރާ ޓާމިނަލެއް ނަމަވެސް އަތޮޅުތަކުގެ ލޯންޗްތަކުގެ ޝެޑިއުލް ލިބުމުން އެވަގުތުތަކަށް އެތަނުން ފަސޭހައިން ހިދުމަތް ލިބޭނެ ކަމަށެވެ.

ލޯންޗް ފެރީތަކަށް ހެންވޭރު ފެރީ ޓާމިނަލުން ހިދުމަތް ފޯރުކޮށްދޭން ފެށުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު (ރިޓަޔަޑް) ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ ވާހަކަ ދައްކަވަނީ -- ފޮޓޯ: އަހުމަދު އަޒާން | އަވަސް

ހެންވޭރު ފެރީ ޓާމިނަލަށް އެއް ފަހަރާ ފަސް ލޯންޗް ކައިރި ކުރެވޭނެ ޖާގަ ހަމަޖައްސާފައިވާއިރު ހުޅުމާލޭ ޓާމިނަލުން އެއްފަހަރާ ތިން ލޯންޗު ކައިރި ކުރެވޭނެ ޖާގަ ވަނީ ހަމަޖައްސާފަ އެވެ.

އުޅަނދު ޖެޓީއަށް ލަފާ ހިސާބުން ފެށިގެން ފުރުމާދެމެދު 30 މިނެޓްގެ ވަގުތެއް ލިބޭއިރު ދަތުރުވެރިންނަށް ޓާމިނަލްގައި މަޑުކޮށްލުމަށް ހާއްސަ ސަރަހައްދެއް އިންތިޒާމު ކުރެވޭނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެ އެވެ.

ފެރީތައް ކައިރިކުރަން ހާއްސަކޮށްފައިވާ ސަރަހައްދު އަންގައިދޭ ކުރެހުމެއް -- ފޮޓޯ: އަހުމަދު އަޒާން | އަވަސް

ފެރީ ޓާމިނަލްތައް ލޯންޗު ފެރީތަކަށް ހުޅުވާލަން ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910