އެމްޓީސީސީ

އެމްޓީސީސީގެ ބޯޑަށް ޔާސީން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބޯޑަށް އާ ބޭފުޅަކު އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނި ގޮތުގައި އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމަށް އައްޔަންކޮށްފައިވަނީ ހުޅުމާލެ، ހިޔާ, 8-01-04 ޔާސީން ހުސައިން އެވެ.

ޔާސީން މިހާރުވެސް ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓެންޓްގެ މަގާމުގަ އެވެ.

އޭނާ ވަނީ ފިނޭންސް މިނިސްޓްރީގެ ފައިނޭންޝިއަލް އެކައުންޓިން އެންޑް ކޮންޓްރޯލިންގް ކޮންސަލްޓަންޓްގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

ޔާސީން ވަނީ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް އިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފަ އެވެ.