ސްޓެލްކޯ

ކެޕޭސިޓީ އިތުރުކުރަން ހުޅުމާލޭގައި ދެ ތެޔޮ ޓޭންކް ބަހައްޓަނީ

ތެޔޮ ޓޭންކް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ: ސްޓެލްކޯ
0%
0%
0%

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތެޔޮ ރައްކާކުރާ ދެ ޓޭންކް ހެދުމަށް ސްޓެލްކޯއިން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު (ރިޓަޔަޑް) ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ އެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގާއިމް ކުރާ ހުޅުމާލެ ޕަވާ ހައުސް އެންކްސް 2 ގައި 80،000 ލީޓަރުގެ ދެ ތެޔޮ ޓޭންކް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

ތެޔޮ ޓޭންކް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ: ސްޓެލްކޯ

މިއީ ޕީކް ސީޒަނަށް ތައްޔާރުވުމުގެ އިތުރުން ގްރޭޓާ މާލޭ ޕަވާ ޖެނެރޭޝަން ބެކަޕްގެ ގޮތުގައި ބަހައްޓާ ޓޭންކްތަކެއް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910