ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 74 މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 74 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް 1490 މީހެއްގެ ސާމްޕަލް ޓެސްޓްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 74 ސާމްޕަލްއެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި ބަންގްލަދޭޝްގެ 19 މީހަކާއި އިންޑިއާގެ 8 މީހެއްގެ އިތުރުން ސްރީލަންކާގެ މީހަކާއި ނޭޕަލް މީހެއްގެ އިތުރުން ފިލިޕީސް މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3,793 އަށް އަރާފައެވެ.

ލޮކްޑައުންގެ ހާލަތަށް ލުއި ދިންފަހުން ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. އިއްޔެއަކީ އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ.

މިއަދު ކޮވިޑް ބަލިން ރަނގަޅުވީ 39 މީހުންނެވެ. ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،607 އެވެ.

މިވަގުތު ފަރުވާގައި ތިބީ 1155 މީހުންނެވެ. ކޮވިޑްގައި ރާއްޖެއިން 16 މީހަކު ވަނީ މަރުވެފައެވެ. އެންމެ ފަހުން މީހަކު މަރުވީ އިއްޔެއެވެ. އިއްޔެ މަރުވެފައި ވަނީ އުމުރުން 71 އަހަރުގެ ދިވެހި އަންހެނެކެވެ.