ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗުކަމުން ސޮބާހު މުހައްމަދު ވަކިވެއްޖެ އެވެ.
ނިއުއިން ބުނީ ސޮބާ އިސްތިއުފާ ގަބޫލުކޮށްފައިވާ ކަމަށާއި އޭނާ އަށް ކާމިޔާބީ އަށް އެދޭ ކަމަށެވެ.
ސޮބާ ނިއުގެ ކޯޗުކަމުން ވަކިމިވީ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލްގައި މާޒިޔާ އަތުން ބަލިވިތާ އެއް ދުވަސް ފަހުންނެވެ. ނިއުއަށް މި ސީޒަނުގައި ގެނައި ބިދޭސީ ދެ ކޯޗުން ވެސް ޓީމާ ހަވާލުވުމުން، ނިއުއާ ހަވާލުވި ސޮބާގެ ކޯޗުކަމުގައި ނިއު މި ވަގުތު އޮތީ ދިވެހި ޕްރެމިއާ ލީގުގެ އެއްވަނާގަ އެވެ.
މަގާމުން ވަކިވުމުގެ ކުރިން އޭނާ ބުނެފައިވަނީ ނިއު ކާމިޔާބު ހޯދަން ބޭނުންނަމަ ކުޅުންތެރިންނާއި މެނޭޖްމަންޓުން ވެސް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ވިކްޓަރީ އާއި ނިއުގެ ފަހަތުގައި ކުރިން މޮޅަށް ކުޅުނު ގައުމީ ޓީމުގެ ޑިފެންޑަރު ސޮބާ އިސްތިއުފާދިން ސަބަބެއް އޭނާ ނުބުނެ އެވެ.