ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑރ. މުހައްމަދު ޖަމީލް އަހުމަދު

"ގައުމު ގެނބިގެން ދާއިރު ދެ ދައުލަތެއް ހިނގާ ފަދަ"

Aug 3, 2020
4

ކޮވިޑްގެ ނުރައްކަލުގެ ތެރެއަށް ގައުމު ގެނބިގެން ދާއިރު ދެ ދައުލަތެއް ހިނގާ ފަދަ ކަމަށާއި އަމިއްލަ ސަލާމަތާއި ރައްކާތެރި ކަމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް ރައްޔިތު މީހާ އަމިއްލައަށް އަޅައިގެން ތިބުމަށް ކުރީގެ ނައިބު ރައީސް ގޮވާ ލައްވައިފި އެވެ.

ސަރުކާރަށް ފާޑު ވިދާޅުމުގެ ގޮތުން ޖަމީލް މިއަދު ވެސް ވަނީ އޭނާގައި އާދައިގެ މަތީ ދެ ޓްވީޓެއް ކުރައްވާފަ އެވެ.

އޭގެ ތެރެއިން ފުރަތަމަ ޓްވީޓްގައި ކޮވިޑްގެ ހާލަތަށް އިޝާރާތް ކުރައްވާ ވިދާޅުވެފައި ވަނީ "ނުރައްކަލަށް ގައުމް ގެނބިގެން ދާއިރު ދެ ދައުލަތެއް ހިންގާ ފަދަ" ކަމަށެވެ. އަދި ސަރުކާރުގެ ބަސް މަޖިލީހުގައި ނުވިކޭ އިރު އަދި ބަރޯސާވާނެ ސަރުކާރެއް ވެސް ރައީސެއް ވެސް ނެތް އިރު އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެ މީހަކުވެސް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުން މުހިންމު ކަމަށެވެ.

"ބަރޯސާވާނެ ސަރުކާރެއް، ރައީސެއް ނެތް!" އޭނާ ވިދާޅުވެފައި ވެއެވެ.

އޭރެއްގައި އޮންނަ ސަރުކާރަކަށް ފާޑު ވިދާޅުވުން ގިނަ ޖަމީލް ވިދާޅުވީ ކޮވިޑް-19 އަކީ ބޮޑު ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގައި ވަކާލާތުކުރި އެންމެން ރާއްޖޭގެ މިހާރުގެ ހާލަތަށް ޒިންމާވާން ޖެހޭނެ ކަމަށެވެ. އަދި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ނިސްބަތްވާ ގޮތަށް ވިދާޅުވީ ގުޅުންހުރި ވަޒީރުން އަވަސްވެގަތީ ފުރުސަތުގެ ބޭނުންހިފައި ނާޖާއިޒް ފައިދާ ނެގުމަށް ކަމަށެވެ.

"މަޖިލިސް ރައީސް މަޝްހޫރުކަން ހޯދަން ސްޓަންޓް ޖެއްސުމާއި ބަރުލަމާނީ ހުމުގައި،" ޖަމީލް ވިދާޅުވި އެވެ.