ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑރ. މުހައްމަދު ޖަމީލް އަހުމަދު

"މުޅި ސަރުކާރަށް ވަނީ ހިޔާނަތުގެ ޖަރާސީމް ފެތުރިފައި"

Sep 20, 2020
2

ކޮވިޑް-19 އިގެ މި ހާލަތުގައި މުޅި ސަރުކާރުގެ ތެރެއަށް ހިޔާނަތުގެ ޖަރާސީމް ފެތުރިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިއަދު ވިދާޅުވީ ކޮވިޑްގެ ވަގުތު މުޅި ސަރުކާރުގައި ވަނީ ކޮރަޕްޝަންގެ ޖަރާސީމް ފެތުރިފައި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ "މަނިކުފާނާ މެދު އޮތް އުންމީދަކީ މަލަމަތި ރީތި ކުރަން ހާޒިރުކޮށް ސުވާލު ކުރުމެއް ނޫން" ކަމަށެވެ.

"ގާތް ވަޒީރަކަސް ފިޔަވަޅު އަޅުއްވާ. ނޫނީ ރައްޔިތުން ދެކޭނީ ރަނުން ރަނަށް ވައްކަމަށް ޖާގަ ދެނީ ކަމަށް" ޖަމީލް ވިދާޅުވެފައި ވެ އެވެ.

ޖަމީލްގެ މި ތުހުމަތައް ތަކުރާރުކޮށް މީގެ ކުރިން ވެސް އޭނާ އައީ ކުރައްވަމުންނެވެ. އަދި އޭ ފަހުން ކޮވިޑްގެ ހަރަދުތައް ބެލުމަށް އޮޑިޓާ ޖެނެރަލްގެ ފަރާތްޕުޅުން ހެދި ގިނަ ރިޕޯޓްތަކެއް އާންމު ކުރައްވާފައިވާއިރު އޭގެ ތެރެއިން ދެތިން ރިޕޯޓަކުން ފިޔަވައި ހިޔާނާތުގެ ބޮޑެތި މައްސަލަތައް ފެންމަތިވެފައި ވެ އެވެ. އަަދި އޭގެ ސަބަބުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވެސް ވެއެވެ.