ޕޮލިޓިކްސް

"ވެރިން ތިބީ މުޖުރިމެއްގެ އަތްދަށު ތާށިވެފައި"

ރާއްޖޭގެ ވެރިން މުޖުރިމެއްގެ އަތްދަށުގައި ތާށިވެފައި ތިބުމުން ހައިރާންވެ ވަޑައިގަންނަވާ ކަމަށާއި އެގޮތަށް އޮތުމުން ބޮޑެތި ކުށްތަކަށް މީހުން ފަސް ޖެހޭނެ ސަބަބެއް އެބައޮތްތޯ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސުވާލު ކުރައްވާ ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޖަމީލު މި މޭރުމުން ވާހަކަފުޅު ދައްކަވާ ސަރުކާރަށް ފާޑު ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. އޭނާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތްވި މީހުން އެތިބީ ހުކުމަށް ފަހު ވެސް އަމިއްލަ ގޭގައި އަރާމުގައި ކަމަށެވެ. އަދި 800 އަހަރުގެ ހުކުމްވެސް ބަދަލުވެފައި ވެފައިވާ ކަމަށެވެ.

ބޮޑެތި ކުށްތަކަށް މިހާރު މީހުން ފަސްޖެހޭނެ ސަބަބެއް އެބައޮތްތޯ ސުވާލު ކުރައްވަމުން ވިދާޅުވީ "ގައުމުގެ ވެރިން މުޖްރިމެއްގެ އަތްދަށުގައި މިވަރަށް ތާށިވީމާ" ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.

"މިހެން ކަންކަން ވާން ޖެހޭ ހާދަހާވާ ބޮޑެތި ސަބަބުތަކެއް ފަހަތުގައި އޮންނާނެއޭ! ނޫނީ ކޮން ފަދަ މަސައްކަތެއް ހަވާލު ކުރީބާ؟ މިއީ ހުސް ރަައްޔިތުން ކަންބޮޑުވާންޖެހޭ ކަންކަން!" އޭނާގެ ދެވަނަ ޓްވިޓެއްގައި ލިޔުއްވާފައި ވެއެވެ.

ޖަމީލްގެ ފާޑިކުޔުންތައް އައިސްފައި މި ވަނީ ބޮޑު ހިތާނާގެ އެންމެ ބޮޑު ތުހުމަތުތަކާއި ދައުވާތައް އޮތް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިކެޓަރުކަން އަބްދުﷲ ޒިޔަތާއެކު ސަރުކަރުން އެއްބަސްވުންތަކެއް ހަދައި އެބަސްވެވޭ ގޮތަށް ހުކުމްތަކެއް ކުރުމަށް ފަހު އެ ދެ ބޭފުޅުން ގޭގައި ބައިތިއްބާފައި ވާތީ އެވެ.

ޖަމީލަކީ އެމްމްއެމްޕީއާރްސީގެ މައްސަލަތަކަ ގުޅުވައި މިހާރު ޖަލަށްލާފައިވާ ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސެވެ. އަދި އެ މަނިކުފާކުގެ ގާނޫނީ ޓީމްގެ އިސް ލޯޔަރުވެސް މެއެވެ.