ވިޔަފާރި

ފަރެސްގައި ހެދި ރިސޯޓް ހުޅުވުން އަންނަ އަހަރު

Aug 3, 2020

ބ. ފަރެހުގައި ހަދާފައިވާ ރިސޯޓް "ފަރެސް މޯލްޑިވްސް" އަންނަ އަހަރު ހުޅުވާނެ ކަމަށް ބުނެފި އެވެ. ފަރެހުގައި މި ރިސޯޓް ތަރައްގީ ކުރީ މަޝްހޫރު މައިނާ ހޮޓެލް ގްރޫޕުގެ "އަވާނީ" ބްރޭންޑުންނެވެ.

އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސްގެ ނަމުގައި ތަރައްގީ ކުރާ މި ރިސޯޓާ ބެހޭ ގޮތުން، މައިނާ ކުންފުނީގެ ސީއީއޯ ދިލިޕް ރާޖަކަރިއާ ވިދާޅުވެފައިވާ ގޮތުގައި މި ރިސޯޓުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި އެ ކުންފުނީގެ އިތުރު ހަތް ޕްރޮޕަޓީއެއް ހުޅުވާނެ އެވެ.

ފަރެސްއަކީ ގާތްގަނޑަކަށް 12.4 ހެކްޓަރުގެ ރަށެވެ. ބ. ދަރަވަންދޫ އިން ފުރައިގެން 30 މިނެޓުން ލޯންޗުގައި ދެވޭ ރާސްތާގައި އޮންނަ ރަށެކެވެ. މި ރިސޯޓުގައި އެކި ފަންތީގެ 200 ކޮޓަރި ހުންނާނެ އެވެ.