ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

މަޖިލިސް ޖަލްސާ ކެންސަލްކޮށްފި

މާދަމާ ބާއްވަން ހަމަޖެއްސި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލް ކޮށްފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މާދާމާގެ ޖަލްސާ ކެންސަލްކޮށް މެންބަރުންނަށް އެކަން އަންގާފައިވާ ކަމަށެވެ. މި ހަފްތާގައިވެސް އިތުރު ޖަލްސާއެއް ދެން ނޯންނާނެއެވެ.

އާންމުކޮށް މަޖިލީހުގެ ޖަލްސާތައް އޮންނަނީ ހޯމަ، އަންގާ އަދި ބުދަ ދުވަހުއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ދެން ޖަލްސާއެއް އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތިން ދުވަހު މަޖިލީހުގެ ކޮމެޓީތައް ކުރިއަށްދާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ކޮވިޑް ބަލި ފެތުރުން އިތުރުވެފައިވާއިރު މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ބައެއް މެންބަރުން ވަނީ ގޮވާލާފައެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން މަޖިލީހުގެ ރައީސް ވަކި ގޮތެއް އަދި ނުނިންމަވައެވެ.

މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފައިވާއިރު ސަރުކާރުން މިއަދު ވަނީ ކުރިއަށް އޮތް ތިން ދުވަސް ބަންދުކޮށްފައެވެ.