އެޗްޕީއޭގެ އިންސްޕެކްޝަންގައި ކޮވިޑް-19 އިގެ އުސޫލުތަކަށް ނުފެތޭތީ މިއަދު ވެސް 33 ތަނެއް ބަންދު ކޮށްފި އެވެ.
އެޗްޕީއޭއިން މިރޭ ބުނީ އިންސްޕެކްޝަންގައި މިއަދު 174 ތަނެެއް ބެލި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބޯތަކެތީގެ ހިދުމަތްދޭ 40 ތަނަކާއި 123 ފިހާރައެއްގެ އިތުރުން ނުވަ ސެލޫނަކާއި ދެ މާރުކޭޓެވެ.
މިއަދުގެ އިންސްޕެކްޝަންގައި 33 ތަނެއް ބަންދު ކުރި އެވެ. އެއީ ކާބޯތަކެތީގެ ހިދުމަތްދޭ 10 ތަނަކާއި 17 ފިހާރައެއްގެ އިތުރުން ފަސް ސެލޫނަކާއި މާރުކޭޓެކެވެ.
މީގެ ހަ ދުވަސް ކުރިން ފެށި އިންސްފެކްޝަންގައި އުސޫލުތަކަށް ނުފެތޭ ތަންތަން ވަގުތުން ދަނީ ބަންދު ކުރަމުންނެވެ. ފުރަތަމަ ދުވަހު 27 ތަނެއް ބަންދުުކުރިއެވެ. ދެވަނަ ދުވަހު 50 ތަނެއް އަދި ތިން ވަނަ ދުވަހު ތަނެއް ބަންދު ކުރި އެވެ. ހަތަރުވަނަ ބަންދުކުރީ 40 ތަނެކެވެ. އިއްޔެ ބަންދު ކުރީ 22 ތަނެކެވެ. މާދަމާވެސް އިންސްޕެކްޝަންގެ ކުރިއަށް ގެންދާނެ އެވެ.
ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާތަކާއި ސެލޫން އަދި ޖިމް ފަދަ ތަންތަން ހުޅުވަން ހުއްދަދީފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހު އެވެ. އެތަންތަަން ހުޅުވުމުގެ ހުއްދަ ދީފައި ވަނީ ވަކި އުސޫލުތަކަކަށް އަމަލު ކުރަން ޝަރުތުު ކުރުމަށްފަހު އެވެ. ނަމަވެސް ބައެއް ތަންތަނުން އެ އުސޫލުތަކާއި ހިލާފަށް ހިދުމަތް ދެއެވެ.