ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކެފޭ ރެސްޓޯރެންޓް

ކެފޭ ރެސްޓޯރަންޓްތަކުން ހިދުމަތްދެވޭ ވަގުތު އިތުރުކޮށްފި

މާލެ ސިޓީގައި ހޮޓާ، ކެފޭ، ރެސްޓޯރަންޓްތަކުން ހިދުމަތް ދެވޭ ވަގުތު އިތުރުކޮށްފި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މާލެ ސިޓީގައި ގިނަ ފިޔަވަޅުތަކެއް އެޅިއެވެ. ބައެއް ފިޔަވަޅުތަކަށް މިރޭ ވަނީ ލުއި ދީފައެވެ.

ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ މާލެ ސިޓީގައި ހޮޓާ، ކެފޭ، ރެސްޓޯރަންޓްތަކުން ހިދުމަތް ދެވޭނެ ކަމަށް ކުރިން ކަނޑައަޅާފައިވާ ވަގުތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. މީގެ ކުރިން ކެފޭ ރެސްޓޯރަންޓްތަކުން ހިދުމަތް ދެވެނީ ރޭގަނޑު 9:30 ގެ ނިޔަލަށެވެ. އަދި 10 ގެ ފަހުން ބޭރުގައި އުޅުން މަނައެވެ.

ނަމަވެސް ޑީޖޭގެ މިރޭގެ އެންގުމުގައި ބުނެފައިވަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށީގައި ހޮޓާ، ކެފޭ، ރެސްޓޯރަންޓްތަކުގެ ހިދުމަތް ރޭގަނޑު 10:30 ވަންދެން ދެވޭނެ ކަމަށެވެ. މަނާ ވަގުތަކީ ރޭގަނޑު 10:30 އިން ފެށިގެން ފަތިހު ހަތަރަކަށެވެ.

ކޮވިޑް ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަަޅުތަކާއި ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކެފޭ، ހޮޓާ އަދި ރެސްޓޯރަންޓްތަކަށެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ފުރަތަމަ ދުވަސްކޮޅު ކެފޭ، ހޮޓާ އަދި ރެސްޓޯރަންޓްތައް ބަންދުކުރިއެވެ. ފަހުން ހުޅުވަން ހުއްދަ ދިން ނަމަަވެސް ވަކި ވަގުތުތަކެއްގައި ހާއްސަ ފިޔަވަޅުތަކަކާއެކު ނޫނީ ހިދުމަތް ނުދެވޭ ގޮތަށް ހަމަޖެއްސިއެވެ. އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެެގެން ގިނަ ތަންތަން މީގެ ކުރިން ބަންދުވެސް ކުރިއެވެ.