ފެލިދޫ

ފެލިދޫ ބަނދަރު ހަދާ ނިންމައިފި

ވ. ފެލިދޫ ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލު ކުރި މަސައްކަތް ނިންމައިފި އެވެ.

އެ ރަށުގެ ބަނދަރުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާ ހަވާލު ކުރީ މިދިޔަ އަހަރު ސެޕްޓެމްބަރުގަ އެވެ. މި މަޝްރޫއަކީ 18.5 މިލިއަން ރުފިއާގެ މަޝްރޫއެކެވެ.

އެމްޓީސީސީން މިއަދު ބުނީ ފެލިދޫގައި ބަނދަރެއް ތަރައްގީ ކުރަން 126 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލައި 61 މީޓަރުގެ ސަރަހައްދެއްހައި ބޭރު ތޮއްޓެއްލުމަށް ފަހު 200 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާފައިވާނެ ކަމަށެވެ. އަދި 610 އަކަ މީޓަރުގެ ޕޭމަންޓު ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫގެ އަމަލީ މަސައްކަތް ފެށި މި އަހަރުގެ ފެބްރުއަރީގަ އެވެ.

އެމްޓީސީސީން ބުނީ މި އަހަރުގެ ދެ ވަނަ ކުއާޓަރު ތެރޭގައި އެ ކުންފުންޏާ ހަވާލު ކުރި 14 މަޝްރޫއެއް ނިންމާފައިވާއިރު އަށް މަޝްރޫއެއްގެ މަސައްކަތް މި ކްއާޓާރު ތެރޭ ގައި ފަށާފައިވާ ކަމަށެވެ.