އެމްޓީސީސީ

ފޭދޫ ބަނދަރުގެ އަޕްޑޭޓް ދީފި

Nov 21, 2021

ށ. ފޭދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 98 ޕަސެންޓް ނިންމައިފި އެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތުގައި 27,500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި އަދި 378 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން، 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށެވެ.

އަދި 33.1 މިލިއަން ރުފިޔާގެ މަޝްރޫއުގައި 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، އަދި 1,380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމުގެ އިތުރުން، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ވެސް ހިމެނެ އެވެ.