އެމްޓީސީސީ

މިލަދޫ ބަނދަރުގެ އަޕްޑޭޓް ދީފި

Jun 21, 2021

ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަޕްޑޭޓެއް އެމްޓީސީސީން ދީފި އެވެ.

އެމްޓީސީސީ އިން ބުނީ މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ 91 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ބޭރުތޮށިލުމުގެ 75 ޕަސެންޓް ވެސް މިހާރު ނިމިފައިވާ ކަމަށް ބުނެ އެވެ.

މިލަދޫގައި 37،222 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުން ކުރާއިރު 248 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލައި 137 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހާނެ އެވެ.

އަދި 286 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ އިތުރުން 1،430 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި އާއި މަގު ބައްތި ޖެހާނެ އެވެ. މި މަޝްރޫއުގެ އަގަކީ 42.1 މިލިއަން ރުފިޔާ އެވެ.