ބަނދަރު ޕްރޮޖެކްޓް

މިލަދޫ ބަނދަރު މަސައްކަތުގެ ތަފުސީލު ދީފި

ނ. މިލަދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ދާ ގޮތުގެ އަޕްޑޭޓް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދީފި އެވެ.

ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ގިނަ ޕްރިޖެކުޓު ތަކެއް ކުރިއަށް ގެންދާ އެމްޓީީސީސީން ބުނި ގޮތުގައި މިލަދޫ ބަނދަރަށް ބެނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓު މިހާރު ޕުރޮޖެކުޓު ސައިޓަށް ގެންގޮސްފައި ވާނެ އެވެ.

މިލަދޫ ބަނދަރު މަޝްރޫއުގައި 37،222 ކިއުބިކު މީޓަރުގެ ބަނދަރު ފުންކުރުމާއި، 248 މީޓަރުގެ ބޭރުތޮށި ލުމާއި 137 މީޓަރުގެ ރިވެޓުމަންޓު ޖެހުމުގެ އިތުރުން 286 މީޓަރުގެ އެއްގަމު ތޮށި ލާނެ އެވެ. އަދި 1،430 އަކަ މީޓަރަށް ޕޭމަންޓު ހަދައި ނެރު ބައްތި ޖަހައި މަގުމަތި ބައްތި ހަރު ކުރާނެ އެވެ.

މާޗު 25، 2020 ގައި ހަވާލުކޮށްފައިވާ މިލަދޫ ބަނދަރުގެ މަސައްކަތުގެ އަގަކީ 42.1 މިލިއަން ރުފިޔާ އެވެ.

ސަރުކާރާއި ރައްޔިތުންގެ ހިއްސާ އޮންނަ އެމްޓީސީސީން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްްތަކު މަސައްކަތްތަކުގެ ތަފުސީލުތައް ޕަސެންޓުން، ކައިރި ކައިރީގައި ކޮންމެ ދުވަހަކު ޓްވިޓާގައި އަޕްޑޭޓް ކުރެ އެވެ.