ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހޮސްޕިޓަލްގައި ފަރުވާދޭ މީހުންގެ އަދަދު 105 އަށް

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު 105 އަށް އަރައިފި އެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް ވަނީ އިތުރުވެފައެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިއީ ކޮވިޑްގެ ބަލިމަޑުކަމުގައި އެންމެ ގިނަ ބަޔަކަށް އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނު ފަހަރެވެ.

އެޗްޕީއޭއިން ބުނީ 105 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. ކޮވިޑްގެ ބަލި މީހުން އެޑްމިޓް ކުރަމުންދަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އިތުުރުން ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އެ ހޮސްޕިޓަލްގެ ދެ ފްލޯއެއް ވަނީ ކޮވިޑްގެ ފަރުވާއަށް ހާއްސަކޮށްފައެވެ. އެގޮތުން ޑީއެޗް11 ގައި ފަރުވާ ދެމުންދަނީ ކޮވިޑްގެ އެންމެ ހާލު ބޮޑު ބަލި މީހުންނަށެވެ. އެ ފްލޯގައި ގާއިމްކޮށްފައިވަނީ އައިސީޔޫއެކެވެ.

މީގެ އިތުުރުން ޑީއެޗް16 ގައި ހިންގަމުންދަނީ ކޮވިޑްޖެހޭ މާބަނޑު މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ސެންޓަރެކެވެ.

ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ހަ މީހަކަށް މިހާރުވެސް ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ. ދެ މީހެއްގެ ހާލު ސީރިއަސްއެވެ. އެ ދެ މީހުންނަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ.

ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން 19 މީހަކު ވަނީ މަރުވެފައެވެ. އެއީ 14 ދިވެހިންނާއި ފަސް ބިދޭސީންނެވެ.