ވިޔަފާރި

ބީބީސީގެ ޓްރެވަލް ޕާޓްނަރަކަށް ހެރިޓެންސް އާރަށް

ބީބީސީ ވޯލްޑް ނިއުސްގެ ޓްރެވަލް ޕާޓްރަނަކަށް ރާއްޖޭގައި ހިންގާ، ހެރިޓެންސް އާ ރަށް ހަމަ ޖައްސައިފި އެވެ.

ޓީޓީއެމްގައިވާ ގޮތުން ބީބީސީ ވޯލްޑް ނިއުސްގެ ޓްރެވަލް ޕާޓްރަނަކަށް ރ. އަތޮޅު އާރަށް ހަމަ ޖެހުމާއެކު، އެ ރިސޯޓް ވެގެން ގޮސްފައި ވަނީ ބީބީސީ ނިއުސްގެ ޓްރެވަލް ޕާޓްނަރަކަށް ރާއްޖެއިން ހަމަޖެއްސި ފުރަތަމަ ރިސޯޓަށެވެ.

ސްރީލަންކާގެ އެއިޓްކެންސް ސްޕެންސަސް ކުންފުނިން ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ތަރައްގީ ކޮށްފައިވާ ހެރިޓެންސް އާރަށް ރިސޯޓުގައި އެކި ވައްތަރުގެ 157 ވިލާ ހުރެ އެވެ. އެ ތަނުގައި 10 ފެމެލީ ވިލާ އާއި 51 ބީޗް ވިލާގެ އިތުރުން 10 ޕޫލް ވިލާ ހުރެ އެވެ. ދެން ހިމެނެނީ ހިތްގައިމު 56 މޫދު ވިލާ އާއި 25 ލަގްޒަރީ ވޯޓާ ވިލާ އަދި ޕްރެޒިޑެންޝަލް ވޯޓާ ސޫޓް ގޮތުގައި މަތީ ފަންތީގެ ހިދުމަތް ދެވޭ ކޮޓަރިތަކެއް ވެސް ހުރެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 40 މިނެޓުން ދެވޭ ރާސްތާގައި އޮންނަ އާރަށުގެ މޫދުގައި ހަ ކޮޓަރި ހިމެނޭ ހާއްސަ ސްޕާއެއް ވެސް ހުންނާނެ އެވެ. ސްރީލަންކާގެ އެންމެ ވަރުގަދަ ޓޫރިޒަމް ބްރޭންޑުން ރާއްޖޭގައި "އަދާރަން" ހަ ރިސޯޓެއް ހިންގަ އެވެ. އަދި އެ ކުންފުނިން ދުނިޔޭގެ އެކި ހިސާބުތަކުގައި ހޮޓާތަކާއި ރިސޯޓުތައް ހިމެނޭ ގޮތަށް 24 ޕްރޮޕަޓީއެއް ހިންގަމުންދެ އެވެ.