ރާއްޖެ ކުޅިވަރު

ތިން މެޗުން ރާއްޖެ ކޮޅަށް 17 ލަނޑު

Oct 7, 2015

އޭއެފްސީ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު ތިން މެޗުގައި ބައިކޮޅަށް 17 ލަނޑުވަދެއްޖެ އެވެ.

ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅެނު ފަހު މެޗުގައި ރޭ ބަލިވީ ތަޖިކިސްތާން އަތުން 8-0 އިންނެވެ. މިއީ ކޮލިފައިންގައި އެންމެ ތަފާތު ބޮޑުކޮށް ރާއްޖެ ބަލިވި މެޗެވެ. ފުރަތަމަ މެޗުގައި ބަހުރޭން އަތުން 4-0 އިން ރާއްޖެ ބަލިވެފައިވާއިރު ޖެހިގެން އައި މެޗުގައި އިރާގް އަތުން ބަލިވީ 5-0 އިންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ތަޖިކިސްތާނުން ފުރަތަމަ ހާފުގައި ރާއްޖެ ކޮޅަށް ހަތަރު ލަނޑު ޖެހި އެވެ. އަދި އެ ޓީމުގެ ޑިފެންޑަރު އަލީޝެރީ ހޯތަމް އާއި ފޯވަޑް ހަމްރޯގުލޯވް ނޫރައްދީން ވަނީ ރާއްޖެ ކޮޅަށް ހެޓްރިކް ހަދާފަ އެވެ.

ނަވަރާ އަހަރުން ދަށުގެ ޓީމު ވަނީ މި އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް 19 އަހަރުން ދަށުގެ މުބާރާތުގައި ވެސް ވާދަކޮށް ކުޅުނު ދެ މެޗުން ވެސް ބަލިވެ އެވެ.