ހަބަރު

ރެޑްވޭވުން މޮލްފިކްސް ބްރޭންޑުގެ ނެޕީގެ އަގު ހެޔޮކޮށްފި

Aug 6, 2020

ޑިއުޓީއަށް ގަނައި ބަދަލާއިއެކު ރެޑްވޭވްއިން އިންޕޯޓްކުރާ "މޮލްފިކްސް" ބްރޭންޑުގެ ނެޕީ އަގު ހެޔޮ ކޮށްފި އެވެ.

ރެޑްވޭވް އިން ބުނީ ކުރިން ބޮޑު އަދަދަކުން ޑިއުޓީ ނަގަމުންއައި ނެޕީން ޑިއުޓީ ކަނޑާލުމާއެކު، އެ ކުންފުނިން ރާއްޖެއަށް އެތެރެކޮށް ވިއްކާ މޮލްފިކްސް ބްރޭންޑުގެ ނެޕީގެ އަގު ވަރަށް ބޮޑަށް ހެޔޮ ކޮށްފައިވާ ކަމަށެވެ.

މޮލްފިކްސް ބްރޭންޑުގެ ޕޭންޓްސް، ޑައިޕާސް އަދި ބޭބީ ޑައިޕާސްގެ އަގު ވެސް ވަނީ ހެޔޮކޮށްފަ އެވެ. ރީޓެއިލް އަގުން 30 ޕަސެންޓާއި 15 ޕަސެންޓާއި ދެމެދުގެ ޑިސްކައުންޓެއް ދީފައިވާއިރު މޮލްފިކްސް ގެ ހޯލްސޭލް އަގުން 10 ޕަސެންޓާއި 20 ޕަސެންޓާއި ދެމެދުގެ ޑިސްކައުންޓެއްވަނީ ދީފައިވެ އެވެ.

"މޮލްފިކްސް" ބްރޭންޑަކީ ޔޫރަޕުން ރާއްޖެ ގެނެސް ވިއްކާ ކޮލިޓީ ނެޕީ ބްރޭންޑެކެވެ. އަދި އެއީ ކުދިންގެ ހަމަށް އެކަށީގެންވާ ގޮތަށް ފަރުމާ ކޮށްފައިވާ ނެޕީއެކެވެ. އެ ނެޕީގައި އެލޯވެރާ އާއި ކެމޮމައިލް އެކުލެވޭ ފަށަލައެއްގައި ހަންގަނޑު ރަނގަޅު ސިއްހަތެއްގައި ބަހައްޓައިދެ އެވެ.