ގުޅީފަޅު މަޝްރޫއާ ގުޅޭ މައުލޫމާތު ހިއްސާ ކުރަން ވެބްސައިޓެއް ލޯންޗު ކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ މި ވެބްސައިޓު ގައި ގުޅިފަޅު މަޝްރޫގެ މައުލޫމާތާއި ތިމާވެއްޓަށް ކުރާ އަސަރު ދެނެގަތުމަށް ކުރާ މަސައްކަތްތައް ވެސް ހުންނާނެ ކަމަށެވެ. އަދި މި މަޝްރޫއާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާތައް ހުރި ނަމަ އެކަން "ފީޑްބެކް' ގެ ގޮތުގައި މިނިސްޓްރީ އާ ހިއްސާ ކުރެވެނެ ކަމަށެވެ.
ގުޅިފަޅު ހިއްކުމުގެ މަޝްރޫއަކީ ބައިނަލްއަގްވާމީ ފެންވަރަށް ވިޔަފާރި ބަނދަރެއް ހެދުމުގެ މަޝްރޫއެކެވެ. ގުޅިފަޅު ބަނދަރަށް ބިން ހިއްކަން ބިޑަކާ ނުލައި 53 މިލިއަން ޑޮލަރަށް ދީފައި ވަނީ ހޮލެންޑުގެ ބޮސްކާލިސް ކުންފުންޏަށެވެ. އެ އެއްބަސްވުމުގެ ދަށުން 180 ދުވަހުގެ ތެރޭގައި ގުޅިފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކައި، ހަަތަރު ކިލޯ މީޓަރުގެ ތޮއްޓެއް ލާން ޖެހޭނެ އެވެ.
ގުޅިިފަޅު ހިއްކާތީ އެ ސަަރަހައްދުގެ ކަނޑާއި ފަޅުތަކަށް ގެއްލުން ލިބޭ ކަމަށް ބުނެ އާއްމުން ދަނީ އެ ޕްރޮޖެކްޓު ހުއްޓުވުމަށް އެދެމުންނެވެ. ގުޅިފަަޅު ޕްރޮޖެކްޓުުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރަށް އެ ސަރަހައްދުގެ ފަރުތަކަށް ގެއްލުން ލިބި ގިނަ ޑައިވް ޕޮއިންޓްތަކައް ވެސް ނުރައްކާ ވާނެކަމަށް އެކި ފަރާތްތަކުން ބުނެ އެވެ.
އެންވާރަމަންޓު މިނިސްޓަރު ޑރ. ހަސަން ހުސައިން ރަޝީދު ހަސަން މީގެ ކުރިން ވިދާޅުވީ، އެ ސަަރަަހައްދުގައި މަސައްކަތް ކުރާއިރު ލޮނުގަނޑު ތަޣައްޔަރުވާ މިންވަރުބަލާ ޓެސްޓްތައް ހަދާކަމަށާއި އީޕީއޭ އިންވެސް މޮނިޓާ ކުރަމުން ގެންދާ ކަމަށެވެ.