މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ބިންވެރިޔާ ސްކީމުގެ ފުރަތަމަ ބުރުން ޝަރުތު ހަމަވެ ގޯތި ނުލިބުނު މީހުންނަށް ދެވަނަ ބުރުން ގޯތި ދެނީ

ގުޅިފަޅުން ބިން ލިބުނު މީހުންނަށް ބިން ކެނޑުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އަވަސް
0%
0%
100%

ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ފުރަތަމަ ބުރުން ޝަރުތު ހަމަވެ ގޯތި ނުލިބުނު މީހުންނަށް ދެވަނަ ބުރުން ގޯތި ދޭން ނިންމައިފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހުންގެ ދާއިމީ ލިސްޓް އިޢުލާން ކުރެވުނުއިރު އެ ލިސްޓްގައި ބަޔާންކުރެވިފައިވާ "ދެވަނަބުރުގެ ލިސްޓްގައި ހިމެނޭ" ސްޓޭޓަސްގައި ހިމެނޭ މީހުންނަށް ގިރާވަރު އުތުރުފަޅުން (އުތުރު ތިލަފަޅު) ހިންކާ ބިމުން ގޯތިދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމަށް ނިންމާފައިވަނީ މާލޭގައި ދިރިއުޅޭތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށެވެ. މި ގޯތިތައް ދޫކުރުމަށް ނިންމާފައިވާ އުތުރު ތިލަފަޅުން 215 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމުގެ ދާއިމީ ލިސްޓްގައި "ދެވަނަބުރުގެ ލިސްޓްގައި ހިމެނޭ" އެއްވެސް މީހަކު ގޯތި ލިބުމަށް އެދި ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހި" އަށް ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް "ދެވަނަބުރުގެ ލިސްޓްގައި ހިމެނޭ" ފަރާތަކުން މިހާރު ހުޅުވާލާފައިވާ "ބިންވެރިޔާސްކީމުގެ ދެވަނަ ފިޔަވަހި" އަށް އެހެން ފަރާތަކާއެކު ޖޮއިންޓް އެޕްލިކޭޝަނެއްގައި ބައިވެރިވާން ބޭނުންވާނަމަ ބިންވެރިޔާ ސްކީމަށް ކުރިން ހުށަހަޅާފައިވާ ފޯމު ބާތިލް ކުރުމަށް އެދި ހުށަހެޅުމުން ފަހުން ހުޅުވާލި ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހީގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ގޯއްޗަށް ޝަރުތު ހަމަވާ 18،955 މީހުން ހިމެނެ އެވެ

ދާއިމީ ލިސްޓު ނެރުނު އެ ލިސްޓްގައި ނުހިމެނޭ 684 މީހުންނަކީ ކައިވެންޏެއް ނުކޮށް ތިބި އުމުރުން 18-25 އަހަރުގެ މީހުން ކަމަށް ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345