ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

ކޮވިޑް ކޮންޓްރޯލްކުރަން ކުރި މަސައްކަތް މަޖިލީހުން ބަލަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މިނިސްޓަރު އަމީން އަދި މިނިސްޓަރު މާރިޔާގެ އިތުރުން ކޮވިޑް19 ގެ ޓާސްކްފޯހުގެ އިސް ބޭފުޅުން --
0%
0%
0%

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ހެލްތް މިނިސްޓްރީން އާންމު ސިއްހަތުގެ ކަންކަން ހިންގަމުން ގެންގޮސްފައިވާ ގޮތާއި މިހާރު ކަންކަން ކުރިއަށް ގެންދާ ގޮތާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާއްވާފައިވާ ގޮތް ދެނެގަނެ އެކަންކަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމެޓީން ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މި މައްސަލައާއި ގުޅިގެން ހޯދަންޖެހޭ ލިޔެކިޔުންތައްް ހޯދުމުގެ މަސައްކަތް ކޮމެޓީގެ އިދާރާ މޭޒުން ފަށާފައިވާ ކަމަށެވެ. އަދި އެކަން ދިރާސާ ކުރުމުގެ ގޮތުން ބައެއް ޑޮކްޓަރުންނާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އިސްވެރިންނާއި ހެލްތް އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގެ އިސްވެރިންނާ ބައްދަލް ކުރުމަށް ކޮމެޓީން ފާސްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ވޭތުވެދިޔަ 50 ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ޕަބްލިކް ހެލްތް ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ތިއްބެވި ބޭފުޅުންނާއި މިނިސްޓަރު އޮފް ހެލްތްގެ މަގާމު ފުރުއްވި ބޭފުޅުންނާއި، ކަމާގުޅޭ ޖަމާއަތްތަކާއި ހެލްތް ސެންޓަރުތަކާއި ރީޖަނަލް ހޮސްޕިޓަލް އަދި އެނޫންވެސް ކަމާގުޅޭ ދާއިރާތަކުގެ އިސްވެރިންނާއި ބައްދަލްކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ.

ރާއްޖެއަށް ކޮވިޑްގެ ދެވަނަ ރާޅެއްގެ އިޝާރާތް ވަނީ ލިބިފައެވެ. މިފަހުން ކޮންމެ ދުވަހަކުވެސް ރެކޯޑް އަދަދަކަށް އެ ބައްޔަށް މީހުން ދަނީ ޕޮޒިޓިވްވަމުންނެވެ. ކޮވިޑް ކޮންޓްރޯލްކޮށް ރާއްޖެއަށް ލިބެމުންދާ އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910