ސްރީލަންކާ

ލަންކާ އިންތިހާބު ކާމިޔާބުކުރީ ގޮތަބަޔާގެ ދެބެން

Aug 6, 2020
1

ސްރީލަންކާ (ކޮލަމްބޯ) -- ސްރީލަންކާގައި އިއްުޔެ ބޭއްވި އާންމު އިންތިހާބު ރައީސް ގޮތަބަޔާ އާއިި ބޮޑުވަޒީރު އަދި ރައީސް ގޮތަބަޔާގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަގެ ޕާޓީން ކުރިހޯދައި ކާމިޔާބުކޮށް އެކަން އިއުލާން ކޮށްފި އެވެ.

އިންތިހާބުގައި ގުނި ވޯޓްގައި މިހާތަނަށް ގުނި ވޯޓުގެ ވަގުތީ ނަތީޖާއިން ހާމަވެފައިވާ ގޮތުގައި އިރު 98 ގޮނޑިއެއްގެ ނަތީޖާ ސާފުވެ އޭގެ ތެރެއިން 82 ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ރާޖަޕަކްސަގެ އެސްއެލްޕީޕީއިންނެވެ. ރިޔާސީ އިންތިހާބުގައި ގޯޓާބަޔައާ ވާދަ ކުރެއްވި ސަޖިތު ޕްރޭމަދާސަގެ ޔުނައިޓެޑް ޕީޕަލްސް ފްރޮންޓަށް ލިބިފައި ވަނީ 23 ގޮނޑި އެވެ. އައިޓީއޭކޭއިން ވެސް ތިން ގޮނޑިއެއްގައި ކާމިޔާބު ހޯދާފައި ވެއެވެ.

ކޮވިޑް-19 އިގެ ސަބަބުން ދެ ފަހަރަށް ފަސް ކުރަން ޖެހުނު އާންމު އިންތިހާބުގައި ވޯޓު ލާން 16.2 މިލިއަން މީހުން ރެޖިސްޓާ ކުރި އިރު އޭގެ ތެރެއިން 71 ޕަސެންޓު މީހުން އިއްޔެ ވޯޓުގައި ބައިވެރިވެފައިވެ އެވެ. ލަންކާގެ ސިޔާސީ މައިދާނުގައި މިހާރު އެންމެ ނުފޫޒުގަދަ ރާކްޕަކްސާ އާއިލާގެ ހަތަރު ބޭފުޅަކު ވާދަކުރައްވައެވެ.

ލަންކާގެ ޕާލަމެންޓްގައި 225 މެމްބަރުން ތިއްބަވަ އެވެ. ޕާލަމެންޓްގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބޭނީ 150 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީއަކަށެވެ. ސްރީލަންކާގެ އިންތިހާބީ ނިޒާމަކީ ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަން ނުވަތަ ވޯޓުލިބޭ ނިސްބަތުން ގޮނޑި ލިބޭ ނިޒާމެކެވެ.

މިހާތަނަށް ގުނި ވޯޓުން ގޮތަބަޔާ އާއި ރާޖަަޕަކްސަގެ ދެބެންގެ ވެރިކަން ކުރާ ޕާޓީމ އެސްއެލްޕީ ކާމިޔާބު ހޯއްދަވާފާއިވާއިރި އެ ދެ ބޭފުޅުންގެ އަމާޒަކީ ލަންކާގެ ގާނޫނު އަސާސީއަށް ބަދަލުތައް ގެނެވޭނެ ވަރަށް، ވެރިކަން ކުރާ ޕާޓީއަށް ގޮނޑިތައް ކާމިޔާ ހޯއްދެވުމެވެ.

އެސްއެލްޕީން އިންތިހާބު ކާމިޔާބު ކުރުމާއެކު ދުނިޔޭގެ ގައުމުތަކުގެ ވެރިން ދަނީ ރައީސް ގޮތާބަޔާ އާއި ބޮޑު ވަޒީރު މަހިންދަ ރާޖްޕަކްސާ އަށް މަރުހަބާ ވިދާޅުވަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ހިމެނި ވަޑައިގަންނަވަ އެވެ.