ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

24 ގަޑިއިރު: ކޮވިޑް ޖެހުނީ 86 މީހަކަށް

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 86 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިއަދުގެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 85 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށައި އަނެއް މީހާއަކީ އެހެން ރަށަކުން ޕޮޒިޓިވްވެފައިވާ މީހެއް ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ ހިމެނެނީ ބަންގްލަދޭޝްގެ 27 މީހަކާއި އިންޑިއާ މީހަކާއި ފިލިޕީންސް މީހަކާއި ސްރީލަންކާގެ ރައްުޔިތެއްގެ އިތުރުން 56 ދިވެހިންނެވެ.

  • ރާއްޖެއިން މިހާތަނަށް ޖެހުނީ: 4680
  • 19 މީހަކު ވަނީ މަރުވެފައި
  • 2725 މީހަކު ރަނގަޅުވެފައި
  • އެކްޓިވް ކޭސްތަކުގެ އަދަދަކީ 1936

ރާއްޖޭގެ ކޮވިޑް ބަލީގެ ނަމްބަރު ވަރަށް ބޮޑުތަނުން އުފުލެން ފަށައި ދެ ހަފުތާ ވެފައިވާއިރު މިހާތަނަށް 4680 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވެއެވެ. މިއަދު 19 މީހަކު ރަނގަޅުވި އިރު ޖުމްލަ 2725 މީހަކު ރަނގަޅުވެފައި ވެއެވެ. ރާއްޖެއިން މަރުވީ 19 މީހެކެވެ. ފަސް ބިދޭސީއަކު މަރުވެފައި ވެެއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގައި ގެނައި ދިގު ލޮކްޑައުންއަށއް ފަހު ހާލަތު އިތުރަށް ގޯސްވެފައިވާތީ ކުރިން އަޅާފައިވާ ބައެއް ފިޔަވަޅުތަކާއި އާ ބައެއް ފިޔަވަޅުތައް އަޅައި ރައްކާތެރިކަން އިތުރަށް ވަރުގަދަ ކޮށްފައި ވެއެވެ. މިހާރު ވަނީ ބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށް އަދި ރޭގަނޑު 10:00 އިން ފަތިހު 5:00 އާ ދެމެދު ބޭރުގައި އުޅުން މަނާކޮށްފަ އެވެ. އަދި ރަށްރަށަށް ދިއުމުގައި ދިން ލުއިތައް ވެސް ވަނީ ހަރުކަށިކޮށްފަ އެވެ.