ވިޔަފާރި

ކުލަގަދަ ރަސްމިއްޔާތަކާއެކު ދިރާގުން ފަހުގެ އައިފޯނު ބާޒާރަށް ނެރެފި

ކުލަގަދަ ރަސްމިއްޔާތަކާއެކު ފަހުގެ އައިފޯނު 6 އެސް އާއި 6 އެސް ޕްލަސް ރާއްޖޭގެ ބާޒާރަށް ދިރާގުން މިރޭ ނެރެފި އެވެ.

ދިރާގު މައި އިމާރާތުގައި މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ބޮޑެ ބެރާއި ނެށުމުގެ ހަރަކާތްތައްވެސް ކުރިއަށް ގެންދިޔަ އެވެ. މި ގޮތުން އައިފޯނު ނެރޭ ރަސްމިއްޔާތު ބެލުމަށާއި ކުރިން ޕްރީއޯޑަރު ކުރި ގިނަ ފަރާތްތަކަކުން ވަނީ އައިފޯނު ގަތުމަށް ދިރާގު މައި އިމާރާތުގެ ކައިރީގައި ކިޔޫ ހަދާފަ އެވެ.

ފަހުގެ އައިފޯނު ބާޒާރަށް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ޑިރެކްޓަރު މާކެޓިން އަހުމަދު މައުމޫނު ވިދާޅުވީ ދުނިޔޭގެ ބާޒާރަށްފޯނު ނެރުމާ އެއް ވަގުތެއްގައި ރާއްޖޭގައިވެސް ފޯނު ނެރުމަކީ ކާމިޔާބީއެއް ކަމަށެވެ.

"މިރޭ އެނގިގެން ގޮސްފި ދުނިޔޭގެ އެންމެ މަގުބޫލު ފޯނަށް ދިވެހިންގެ ފަރާތުން ތަރުހީބު އޮތްވަރު،" މައުމޫނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކު އައިފޯނު 6 އެސް އަދި 6 އެސް ޕްލަސް ގަތުމަށް ޕްރީއޯޑަރު ހެއްދި ކަމަށެވެ.

"އެތައް ސަތޭކަ ބަޔަކު ޕްރީއޯޑަރު ހެއްދި. އެގޮތަށް ޕްރީއޯޑަރު ހެއްދި މީހުންނަށް މިރޭ ފޯނު ދޫކުރެވިގެން ދާނެ،" މައުމޫނު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ކަމަށްވާ ދިރާގުން ވަނީ އައިފޯނަށް ހާއްސަ މޮބައިލް ޕްލޭންތަކެއް ވެސް ތައާރަފުކޮށްފަ އެވެ.

16 ޖީބީގެ އައިފޯން 6 އެސްގެ ފޯނެއް އެއް އަހަރުން ދައްކާ ގޮތަށް މަހަކު 599ރ. އަށް ލިބޭ

64 ޖީބީގެ ފޯނެއް މަހަކު 749ރ. ދައްކާ ގޮތަށް ލިބޭ

128 ޖީބީގެ ފޯނެއް 849ރ. މަހަކު ދައްކާ ގޮތަށް ލިބޭނެ

16 ޖީބީގެ ފޯނެއް މަހަކު 749ރ. ދައްކާ ގޮތަށް ލިބޭ

64 ޖީބީގެ ފޯނެއް މަހަކު 849ރ. ދައްކާ ގޮތަށް ލިބޭ

128 ޖީބީގެ ފޯނެއް މަހަކު 899ރ. ދައްކާ ގޮތަށް ލިބޭ

6 އެސް 16 ޖީބީގެ ފޯނެއް 13،499ރ. އަށް

64 ޖީބީގެ ފޯނެއް 15،499ރ. އަށް

128 ޖީބީގެ ފޯނެއް 17،499ރ. އަށް

6 އެސް ޕްލަސް 16 ޖީބީގެ ފޯނެއް 15،499ރ. އަށް

6 އެސް ޕްލަސް 64 ޖީބީގެ ފޯނެއް 17،499ރ. އަށް

128 ޖީބީގެ ފޯނެއް 18،999ރ. އަށް