ހަބަރު

ޗައިނާއިން ފަސް ރަށެއްގެ ފެނުގެ ނިޒާމު ގާއިމްކޮށްދެނީ

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފަސް ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭން އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ރާއްޖެއިން ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. ޗައިނާގެ ފަރާތުން ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖެންގް ލީޖޮންގް އެވެ.

މި އެއްބަސްވުމުގެ ދަށުން ފަސް ރަށެއްގައި އިއާދަ ކުރަނިވި ހަކަތަ ބޭނުން ކޮށްގެން ލޮނުން މީރު ފެން އުފެއްދާ ޑިސެލިނޭޝަން ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ މެޓީރިއަލްތައް ސަޕްލައި ކޮށްދީ ޑިސެލިނޭޝަން ޕްލާންޓް އިންސްޓޯލް ކޮށްދޭނެ އެވެ.

ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ގާއިމުކުރާނީ ކ. ކާށިދޫ އާއި ރ. އަލިފުއްޓާއި ޅ. އޮޅުވެލިފުއްޓާއި ހއ. ކެލާގެ އިތުރުން ގއ. ދާންދޫގަ އެވެ.