މުހައްމަދު އަސްލަމް

"ޖަންކްޝަނާ ދިމާލުން ތާރު ކެނޑުމަކީ އެކަން ކުރާ ގޮތް"

އަމީނީ މަގުގައި ތާރުއަޅާފައި -- ފޮޓޯ: މުހައްމަދު ޒައިން އިބްރާހީމް | އަވަސް
0%
0%
0%

ތާރު އެޅުމަށްފަހު ޖަންކްޝަންތަކާއި ދިމާލުން ތާރު ކަނޑާ ނެގުމަކީ އެމަސައްކަތް ކުރާ ގޮތް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ އަމީނީ މަގުގެ އެކި ކަންކަމަށް ގިނަ މެންބަރުންގެ ސުވާލުތައް އަމާޒު ވެގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އަމީނީ މަގުގައި ތާރު އަޅާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން ކަންބޮޑުވުން ފާޅުކުރެއްވުމާ ގުޅިގެންނެވެ.

އެންމެ ފުރަތަމަ ތާރާއި ގުޅިގެން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މަގުތައް ކަނޑާ ނަގަން ޖެހެނީ ހުރިހާ ނިޒާމެއް ގާއިމުވެފައި ނެތުމުން ކަމަށެވެ. އަދި ހުރިހާ ނިޒާމެއް ގާއިމުވެފައި އޮތްނަމަ ރާއްޖެ ވާނީ ތަރައްގީވެފައި އޮތް ގައުމަކަށް ކަމަށް ވިދާޅުވި އެވެ.

އެއަށްފަހު އިތުރު ފުރުސަތު ދިނުމުގެ ކުރިން ރައީސް ނަޝީދު ވަނީ ތާރު އަޅާފައި އޭގެ އަނެއް ދުވަހު ތާރު ކަފާ ނަންގަވަނީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ.

"ތާރު އަޅަމުން ދާއިރު ތާރުގެ ޕޭވަރުވެ ދާނީ އޭގެވެސް (ޖަންކްޝަން) މަތިން. އެހެންވީމާ އެތާ މަތީގައި ތުނި އެއްޗެއް އަޅާ ބާއްވާފައި އޭގެ މަތިން ނަގާނީ. އެއީ އެކަން ކުރާ ގޮތް. އެއީ އެމަސައްކަތް ކުރާ ގޮތް،" އަސްލަމް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ތާރު ކަނޑާ ނަގާތީ ދެ ފަހަރެެއްގެ މަތިން ފާޑު ކިޔުންތައް އަމާޒުކުރައްވާފަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910