ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންކަމް ސަޕޯޓުގެ ދެވަނަ ބުރު ހުޅުވާލައިފި

ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުނަށް ދޭ އިންކަމް ސަޕޯޓު އެލަވަންސް އަށް އެދުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލާފައިފި އެެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ޖުލައި މަހާއި، އޯގަސްޓްމަހާއި އަދި ސެޕްޓެމްބަރު މަހު އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ދެވަނަ ފިޔަވަހީގެ ދަށުން އެލަވަންސް ދޭން ނިންމާފައިވާ ކަމަށެވެ.

އެލަވަންސަށް އެދި ހުށަހެޅޭނީ ޖޮބްސެންޓަރު މެދުވެރިކޮށެވެ. އޮންލައިންކޮށް ހުށަހެޅުމަށް ކުރިން އުޒުރުވެރިވެފައިވާ ފަރާތްތަކުން، އީފާސް ގައި ރަޖިސްޓާ ވުމަށްފަހު، އޮންލައިން ފޯމް ފުރިހަމަކޮށް މިނިސްޓްރީ އަށް ހުށަހެޅޭނެ އެވެ.

އެ މިނިސްޓްރީން ބުނީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 31 އޮގަސްޓުގެ ނިޔަލަށް އާމްދަނީ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް މިކަމަށް ޝަރުތު ހަމަވާނެ ކަމަށެވެ. އެހެން ކަމުން މި ދެމަހުގެ އިނާޔަތަށް އެދި މިމަހުގެ 31 ގެ ކުރިން ފޯމު ހުށަހެޅޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރަށް ސެޕްޓެމްބަރު މަހުގެ އިނާޔަތަށް އެދި ހުށަހެޅެނީ އެމަހުގެ އެއްވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހަށް އާމްދަނީ އަށް ނުރަނގަޅު ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި އެ ފަރާތްތަކުން ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހަޅާންޖެހޭ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް
ދިނުމާ ގުޅޭ އުސޫލަށް ގެނެސްފައިވާ ބަދަލާއެކު، މިދިޔަ އަހަރުގެ ޑސެމްބަރު އެކެއްގެ ފަހުން ވަޒީފާ އިން ވަކިކުރުން، ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުމާއި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވުމުގެ އިތުރުން މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާނަމަ ކުރިމަތިލެވޭނެ އެވެ.

އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށްވެސް އިންކަމް ސަޕޯޓުގެ ގޮތުގައި ދޭނީ 5،000ރ. އެވެ. މި އެލަވަންސް ދޭނީ މި އަހަރުގެ މާޗް އެކަކާ ހަމަ އަށް މަދުވެގެން ހަ މަސް ދުވަހުގެ މުއްދަތަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތް ފަރާތް ތަކަށެވެ.