ކޮވިޑް-19 އަށް އައްޑޫ ސިޓީ ހިތަދޫން އިތުރު މީހަކު ޕޮޒިޓިވްވެއްޖެ އެވެ. އެމީހާއާއެކު އައްޑޫން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ.
އެޗްޕީއޭއިން މިއަދު ބުނީ އައްޑޫ ސިޓީ ހިތަދޫއިން ހޯމް ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ކޯވިޑަށް ޓެސްޓު ކުރި 21 އަހަރުގެ ދިވެހި އަންހެނަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ކޮވިޑް-19 އިގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމުން އައްޑޫ ސިޓީގެ ހިތަދޫ މޮނިޓަރިންއަށް ވަނީ ގެންގޮސްފައެވެ. ހިތަދޫ ލޮކްޑައުން ކުރިއިރު އެ ރަށުގެ އާބާދީ 10،000 އަށް ވުރެ މަތިވާނެ އެވެ.
އެންމެ ފުރަތަމަ އައްޑޫއިން ޕޮޒިޓިވްވީ ފޭދޫ ހޯމް ކަރަންޓީނުގައި ހުރި ދިވެހި ފިރިހެނެކެވެ. އޭގެ ފަހުން ހިތަދޫން ވަނީ ޕޮޒިޓިވް ކޭހެއް ފެނިފައެވެ. އެއީ 38 އަހަރުގެ ބިދޭސީއެކެވެ. އަދި މިމަހުގެ ނުވަވަނަ ދުވަހު 58 އަހަރުގެ އަންހެނަކުވެސް ވަނީ ހިތަދޫއިން ޕޮޒިޓިވްވެފައެވެ.