ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

އައްޑޫން އިތުރު 29 މީހަކަށް ކޮވިޑް ޖެހިއްޖެ

އައްޑޫސިޓީން އިތުރު 29 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އައްޑޫއިން މިއަދު އެންމެ ގިނަ ކޭސް ފެނިފައިވަނީ ހިތަދޫއިންނެވެ. އެ ރަށުން 17 މީހަކު ޕޮޒިޓިވްވިއެވެ. ހުޅުދޫ އިން ހަތަރު މީހަކު އަދި މަރަދޫ ފޭދޫއިން ހަތަރު މީހަކު، މީދޫ އިން ދެ މީހަކު ކޮވިޑް ޕޮޒިޓިވްވެފައިވެއެވެ.

އައްޑޫގެ އެކްޓިވް ކޭސްތަކުުގެ އަދަދަކީ 159 އެވެ. އޭގެ ތެރެއިން 94 ކޭސް ފެނިފައިވަނީ ހިތަދޫ އިންނެވެ. މީދޫ އިން
23 މީހަކު އަދި ހުޅުދޫއިން 15 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އައްޑޫ އިން 13 މީހަކު ވަނީ މަރުވެފަ އެވެ.