ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

އައްޑޫން އިތުރު 21 މީހަކަށް ކޮވިޑް ޖެހިއްޖެ

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އިކުއަޓޯރިއަލް ހޮސްޕިޓަލް: ހިތަދޫގައި 105 މީހަކަށް ވަނީ ބަލިޖެހިފައި --
0%
0%
0%

އައްޑޫ ސިޓީން ކޮވިޑް ޖެހުނު މީހުންގެ އަދަދު 1128 އަށް އަރައިފިއެވެ. އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނީ މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި އިތުރު 21 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އައްޑޫ ސިޓީގެ މަރަދޫގައި 134 ކޭސް، ހިތަދޫގައި 105 ކޭސް، މީދޫގައި 10 ކޭސް އަދި ފޭދޫގައި 28 ކޭސްގެ އިތުރުން މަރަދޫފޭދޫގެ 10 ކޭސް އާއި ހުޅުދޫގެ 10 ކޭސް ހިމެނޭހެން ޖުމްލަ 320 އެކްޓިވް ކޭސަސް އެ ސިޓީގައިވެއެވެ.

ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ތިން މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން 637 މީހަކު ވަނީ ކަރަންޓީން ކޮށްފައެވެ. އެއީ މުޅީންވެސް ޑައިރެކްޓް ކޮންޓެކްޓުންނެވެ.

މިހާތަނަށް އެ ސިޓީން ނަގާފައިވާ 181 ސާންޕަލެއްގެ ނަތީޖާ އަދި ލިބިފައެއް ނުވެއެވެ. ކޮވިޑްގައި އައްޑޫސިޓީން ތިން މީހަކު ވަނީ މަރުވެފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910