ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

އައްޑޫގެ ކާފިއު އިތުރު ހަފްތާއަކަށް

Sep 19, 2021
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް --
0%
0%
0%

ކޮވިޑް-19 ގެ ހާލަތު ގޯސްވެ އައްޑޫ ސިޓީގައި ކާފިއު ހިންގަން ނިންމި މުއްދަތު އިތުރުކޮށްފި އެވެ. ކާފިއު މުއްދަތު އިތުރުކުރީ ހަފްތާއަކަށެވެ.

އައްޑޫ ސިޓީ ކައުންްސިލުން ބުނީ ކާފިއު މުއްދަތު ހަފްތާއަކަށް އިތުރުކުރީ ކޮވިޑްގެ ހާލަތު މިވަގުތު އޮތް ގޮތުން ކަމަށެވެ. އަދި ކުރީންވެސް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށެވެ.

ކާފިއު ހިންގަނީ ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށެވެ. ކާފިއު ވަގުތު ފިހާރަތަކާއި ކެފޭ/ހޮޓާ އަދި އާންމު ހިދުމަތް ދިނުން މަނަލެވެ. ނަމަވެސް ހާއްސަ ހުއްދައެއް ނަގައިގެން ރޭގަނޑު 12 ޖެހުމާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވެއެވެ.

އައްޑޫސިޓީގައި 1237 މީހަކަށް ބަލި ޖެހުނެވެ. އޭގެ ތެރެއިން 1010 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. ބަލިން ފަސޭހަނުވެ ތިބީ 224 މީހެކެވެ.

ހޮސްޕިޓަލްގައި ހަތަރު މީހަކަށް ފަރުވާ ދެމުންދާއިރު ތިން މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ.

މިވަގުތު އެކްޓިވް ކޭސް އެންމެ ގިނައީ މަރަދޫ އެވެ. އެ ރަށުގައި 102 މީހަކަށް ވަނީ ބަލިޖެހިފައެވެ. ހިތަދޫގައި 61 މީހަކަށް ބަލި ޖެހިފައިވާއިރު ފޭދޫގައި 37 މީހަކަށް ވަނީ ބަލިޖެހިފައެވެ. މަރަދޫގައި 12 މީހަކަށް އަދި ހުޅުދޫގައި ހަ މީހަކަށް އަދި މަރަދޫ ފޭދޫގައި ފަސް މީހަކަށް ބަލިޖެހިފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910