ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ "އީޒީފިލް 2" އާއި ހަތަރެއް ހިދުމަތުގައި އަންނަ ހޯމަ ދުވަހުން ފެށިގެން ފައިސާ ބަލައިގަންނާނީ ކޭޝް ކާޑުން އެކަނި ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެފްއެސްއެމް އިން ހިންގާ މި ދެ ޝެޑަކީ ކާނިވާ ސަރަހައްދުގައި ހުންނަ ޝެޑާއި އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ޝެޑެވެ. އެ ކުންފުނިން ބުނީ ސްޓެލްކޯ ސަރަހައްދުގައި ހުންނަ "އީޒީފިލް 1" އާއި ހުޅުމާލޭގައި ހުންނަ "އީޒީފިލް 3" އިން ކޭޝް ކާޑުގެ އިތުރުން ނަގުދު ފައިސާއިން ވެސް ފައިސާ ދެއްކޭނެ ކަމަށެވެ.
އެފްއެސްއެމް އިން ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭގެ ލަފަޔާ އެއްގޮތަށް އެ ކުންފުނީގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ފިޔަވަޅު އެޅުމުގެ ގޮތުން މި ބަދަލު ގެނައީ ކަމަށެވެ. އެ ކުންފުނިން ވަނީ ކޮވިޑް-19 އަަށް ފަހު ހުރިހާ ޝެޑުތަކަކުން ވެސް ބީއެމްއެލް ކޭޝް ކާޑުން ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސާފަ އެވެ.
ކޮވިޑް19 އިގެ ސަބަބުން އެކި އާއްމުންނަށް ހިދުމަތްދޭ ކުންފުނިތަކުން ދަަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. ހާއްސަ ގޮތެއްގައި ހިދުމަތް ހޯދާ ފަރާތްތައް މާސްކު އެޅުން މަޖުބޫރުކުރެ އެވެ.