ސްޓެލްކޯ

ސްޓެލްކޯ އިން ފުރަތަމަ ސޯލާ ޕެނަލް ހަރުކޮށް ދީފި

Aug 13, 2020
2

ސްޓެލްކޯގެ "ގްރީން ލައިފް އިނިޝިއޭޓިވް" ގެ ދަށުން ވިއްކި ފުރަތަމަ ސޯލާ ޕެނަލް ހަރުކޮށް ދީފި އެވެ.

ސަރުކާރުގެ ކަރަންޓު ކުންފުނިން "ގްރީން އެނާޖީ" ވިޔަފާރީގެ ތެރެއަށް ނުކުންނަން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ހަރުކޮށްދޭ މި ސޯލާ ޕެނަލްތައް އެތެރެކޮށް ވިއްކަނީ ވެސް އެ ކުންފުނިންނެވެ. އިންސްޓޯލްމަންޓް ޕެކޭޖެއްގެ ދަށުން ވިއްކާ މި ސޯލާ ޕެނަލްތައް ހަރުކުރަން ހުއްދަ ހޯދައި ފައިސާ ދެއްކުމުން ހުރިހާ ކަމެއް ސްޓެލްކޯ އިން ކޮށްދެ އެވެ. މަސައްކަތް ފަށާތާ ގާތްގަނޑަކަށް 45 ދުވަހުގެ ތެރޭގައި ހަރުކޮށް ނިންމައި ދެއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިދިޔަ އަހަރު ފެށި މި މަޝްރޫއުގެ ދަށުން ޕެނަލް ހަރު ކުރަން ޕެކޭޖުތަކެއް ވެސް ތައާރަފު ކޮށްފައިވެ އެވެ. މި ޕެކޭޖުގެގައި ޑައުންޕޭމަންޓަށް ދައްކަން ޖެހެނީ 5،000ރ. އެވެ. މުޅި ޕެނަލްގެ އަގަކީ ގާތްގަނޑަކަށް 25،000ރ. އެވެ. މިއީ 1.2 ކިލޯވޮޓްގެ ސޯލާ ޕެނަލް ތަކެކެވެ.