ލައިފްސްޓައިލް

އޮމާން: 50 އަހަރުން މަތީގައި ވިހެއުން އިތުރުވަނީ

މިދިޔަ އަހަރު އެކަނި ވެސް އޮމާންގައި އުމުރުން 50 އަހަރުން މަތި ވެފައި ތިބި މީހުންގެ ތެރެއިން 35 މީހަކު ވިހާފައި ވެއެވެ. ސަރުކާރުގެ ހިސާބުތައް ދައްކާ ގޮތުގައި އެ ގައުމުގެ އުމުރުން ދުވަސްވީ މީހުން ވިހެއުން މިހާރު ވަނީ އާންމު ކަމަކަށް ވެފަ އެވެ.

އޮމާންގެ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ނެރެފައިވާ މިއަހަރުގެ ތަފާސް ހިސާބަށް ބަލާއިރު 2020 ގައި ވެސް މިހާތަނަށް އެ ގައުމުގެ އަންހެނުންގެ ތެރެއިން އުމުރުން 50 އަހަރަށް ވުރެ މަތި ވެފައިވާ 26 މީހަކު ވިހާފައި ވެއެވެ. މީގެ ތެރެއިން 12 މީހުންނަށް އަންހެން ދަރިން ލިބުނުއިރު އަނެއް 14 މީހުންނަށް ލިބިފައިވަނީ ފިރިހެން ދަރިންނެވެ.

އަދި އެ ގައުމަށް ހިޖުރަ ކޮށްފައިވާ އެ ގައުމުތަކުގެ މީހުންގެ ތެރެއިން ވެސް 50 އަހަރުން މަތީގެ ނުވަ މީހަކު ވިހާފައި ވެއެވެ. މީގެ ތެރެއިން އަށް މީހުން ވިހެއީ ފިރިހެން ދަރިންނެވެ. އަންހެން ދަރިއަކު ލިބުނީ އެންމެ މީހަކަށެވެ.

މިދިޔަ އަހަރު އޮމާންގައި 86،819 ކުދިން ޖުމްލަ އުފަން ވެފައި ވެއެވެ. މީގެ ތެރެއިން 42،458 އަކީ އަންހެން ކުދިންނެވެ. 44،361 އަކީ ފިރިހެން ކުދިންނެވެ.

އޮމާން އަކީ ޒަމާނުއްސުރެ ރަސްކަމެއް އޮންނަ ގައުމެކެވެ. ވޯލްޑް ބޭންކް ރިޕޯޓުތައް ބުނާ ގޮތުން 2018 ގައި އޮމާންގެ އާބާދީ އަކީ 4.829 މިލިއަން މީހުންނެވެ.