ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ނިލަންދޫން ޕޮޒިޓިވް ވި މީހުންގެ އަދަދު ހަތަރަކަށް

Aug 15, 2020
1
ފ. ނިލަންދޫ: ކޮވިޑް-19 އަށް ހަތަރު މީހަކު ޕޮޒިޓިވް ވެ ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައި
0%
0%
100%

ފ. ނިލަންދޫން އިތުރު ދެ މީހަކު ޕޮޒިޓިވް ވެއްޖެ އެވެ. މިއާއެކު ނިލަންދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރާފަ އެވެ.

އެޗްޕީއޭއިން ބުނީ ނެގި ސާމްޕަލްތަކުން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެން ކަމުން އެރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށެވެ. އެހެން ކަމުން އެރަށަށް އަރާ ފޭބުން ވަނީ ވަގުތީ ގޮތުން މަނާ ކޮށްފަ އެވެ.

ނިލަންދޫން މިހާތަނަށް ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ދެ އަންހެނުންނާއި، ދެ ފިރިހެނުންނެވެ. އެއީ އުމުރުން 30 އަހަރުގެ ފިރިހެނަކާއި، 43 އަހަރުގެ ފިރިހެނަކާއި، 36 އަހަރުގެ އަންހެނެއްގެ އިތުރުން 56 އަހަރުގެ އަންހެނެކެވެ.

ނިލަންދޫ ކައުންސިލް މެމްބަރު އަބްދުލް ލަތީފް މުހައްމަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަށުގެ އާންމު ހާލަތު މިވަގުތު ރަނގަޅު ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޕޮޒިޓިވް ވި މީހުންގެ ތެރެއިން އެކަކާއި ގިނަ ބަޔަކު ކޮންޓެކްވެފައިވާ ކަމަށާއި އެހެންކަމުން އެ އަދަދު އިތުރުވުމަކީ ވެދާނެ ކަމަށްކަމަށެވެ.

ލަތީފް ވިދާޅުވީ އެ ރަށުން ޕޮޒިޓިވް ކޭސްތައް ފެނުނު ނަމަވެސް ހޮޓާ ރެސްޓޯރަންޓް އަދި ފިހާރަ ފަދަ ތަންތަން ބަނދު ކުރުމަށް ކައުންސިލުން އަނގާފައިނުވާ ކަމަށާއި ނަމަވެސް ބައެއް ހޮޓާތަކުގެ ވެރިން އަމިއްލައަށް ތަންތަން ބަންދުކޮށްފައިވާ ކަމަށެވެ.

އިތުރަށް ވިދާޅުވީ ޒަރޫރީ ބޭނުމެއްނެތި ރަށުތެރެއަށް މީހުން ނިކުމެ ނޫޅުމަށާއި ބޭރަށް ނިކުންނައިރުވެސް މާސްކް އަޅާއިގެން ނިކުތުމަށާއި ގިނަ މހުން އެއްވެ ނޫޅުމަށް ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ.

އަތޮޅުތަކުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިހާތަނަށް މި ބަލި ފެނުނު ރަށްތަކަކީ، އައްޑޫސިޓީގެ ފޭދޫ އާއި ހިތަދޫ، ފުވައްމުލަކު ސިޓީ އާއި ބ. އޭދަފުއްޓާއި އެ އަތޮޅު ކަމަދޫ އާއި ކުޑަރިކިލާއި ކ. މާފުއްޓާއި ތުލުސްދޫ އާއި ހއ. ފިއްލަދޫ އާއި ދިއްދޫ އާއި ހއ. އިހަވަންދޫ އާއި ހދ. ނައިވާދޫ އާއި ގއ. މާމެންދޫ އާއި ރ. ހުޅުދުއްފާރު އަދި ވ. ފުލިދޫ އެވެ. މީގެ އިތުރުން ބައެއް ރިސޯޓުތަކުން ވެސް ވަނީ މި ބަލި ފެނިފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް ރިކޯޑް މިންވަރަކަށް އުފުލިފައިވާތާ ތިން ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ. ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އެންމެ ފަހުންގެ އަދަދަކީ 5,572 އެވެ. މި ބަލީގައި މިހާތަނަށް 22 މީހަކު ވަނީ މަރުވެފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910