ހަބަރު

އެންޒީ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

އެންޒީން ކުރިއަށްގެންދާ "އެންޒީ ވަރަށް ފައްކާ މަސްދަޅު ޕްރޮމޯޝަން" ގެ ހަތަރު މަހުގެ ނަސީބުވެރިން ހޮވައިފި އެވެ.

އެންޒީ އިން މިދިޔަ ފެބްރުއަރީ މަހުން ފަށައިގެން މި އަހަރު ޑިސެމްބަރަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އިއްޔެ ވަނީ އޭޕްރީލް އާއި މެއި އަދި ޖޫންގެ އިތުރުން ޖުލައި މަހުގެ ނަސީބުވެރިން ހޮވާފަ އެވެ.

އިއްޔެ ކުރިއަށްގެންދިޔަ މި ލަކީ ޑްރޯގައި، ކޮންމެ މަހަކު ހޮވާ ތިން ފަރާތަކަށް ފައިސާގެ އިނާމު ދެ އެވެ. އެއީ، އެއްވަނަ އަށް 10،000 ރުފިޔާ އާއި ދެވަނަ އަށް 5،000 ރުފިޔާގެ އިތުރުން ތިން ވަނަ އަށް 1،000 ރުފިޔާ އެވެ. އެންޒީ އިން ބުނީ، މިދިޔަ ހަތަރު މަހުގެ ނަސީބުވެރިންނަށް ހޮވުނު ފަރާތްތަކަށް ފައިސާ ހަވާލު ކުރުން މިއަދު ކުރިއަށްގެންދާނެ ކަމަށެވެ.

'އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަން' ލޭބަލް ޖަހާފައިވާ މަސްދަޅު ގަނެގެން ސީރިއަލް ނަންބް ލޭބަލް ކޮޅު ނައްޓާލެއްވުމަށްފަހު ލޭބަލްގެ އެތެރޭގައިވާ ސީރިއަލް ނަންބަރު 5040 އަ އަށް އެސް އެމް އެސް ކުރެއްވުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް ކުރިއަށްގެންދާއިރު، ޕްރޮމޯޝަންގައި ބައިވެރިވުމަށް "އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަން" ލޭބަލް ޖަހާފައިވާ މަސްދަޅެއް ގަނެ، ލޭބަލް ކޮޅު ނައްޓާލުމަށްފަހު ލޭބަލްގެ އެތެރޭގައި ލިޔެފައި އޮންނަ ސީރިއަލް ނަންބަރު 5040 އަށް އެސް އެމް އެސް ކުރެއްވުމުން ޕްރޮމޯޝަންގައި ބައިވެރިވެ ވެ އެވެ.