ހަބަރު

ކުރިއަށް އޮތް ދެ ހަފްތާވެސް ކިޔަވައިދިނުން އޮންލައިންކޮށް

ކުރިއަށް އޮތް ދެ ހަފްތާގައިވެސް ކިޔަވައިދިނުން އޮންލައިންކޮށް ކުރިއަށްގެންދަން ނިންމައިފި އެވެ.

އެޑިއުކޭޝަނުން ބުނީ ކޮވިޑް-19ގެ ހާލަތަށް ރިއާޔަތްކޮށް ކަމާ ގުޅުންހުރި އިދާރާތަކުގެ ލަފާގެ މަތިން ކުރިއަށް އޮތް ދެ ހަފްތާގެ ކިޔެވުންވެސް އޮންލައިންކޮށް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، މާލެ ސިޓީ ސްކޫލްތަކުގެ ކިޔެވުން ސެޕްޓެމްބަރު ތިނެއްގެ ނިޔަލަށް އޮންލައިންކޮށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި، ބަންދު ދެ ހަފުތާ އަށްފަހު ބަލި ފެތުރޭ ގޮތް ބަލައި އެ ނިންމުން އަލުން މުރާޖާ ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

މާލެ ސިޓީގެ ސްކޫލްތައް ބަންދުކޮށް ކިޔެވުން މެދުކަނޑާލުމަށްފަހު ތިން މަސް ފަހުން ސްކޫލްތައް ވަނީ ހުޅުވާފަ އެވެ. އަލުން ހުޅުވާލީ ގްރޭޑް 9 އަކުން މަތީގެ ގްރޭޑް ތަކަށެވެ. އެހެންނަމަވެސް ސްކޫލްތައް އަލުން ބަންދުކުރީ މާލެ ސިޓީގައި ޕޮސިޓިވް ކޭސްތައް އިތުރުވާން ފެށުމުންނެވެ.