10 ރަށަކުން 15 މީހުން ކޮވިޑް-19 ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން މިރޭ ބުނީ ޕޮޒިޓިވްވެފައިވަނީ ބ. އޭދަފުށިން 48 އަހަރުގެ ދިވެހި ފިރިހެނަކާއި ދ. ރިނބުދޫއިން ހަތަރު މީހަކާއި ދ. ދުވާފަރުން އުމުރުން 81 އަހަރުގެ ފިިރިހެނެއްގެ އިތުރުން ސ. ހިތަދޫން އުމުރުން 24 އަހަރުގެ ފިރިހެނެއް ކަމަށެވެ. ރިނބުދޫން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެއް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާއި ހަ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކުވެސް ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ފ. ދަރަބޫދޫއިން އިންޑިއާ މީހަކާއި ތ. އޮމަދޫއިން 28 އަހަރުގެ ފިރިހެނެއް އަދި އައްޑޫ ސިޓީން ތިން މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 27 އަހަރުގެ ދިވެހި ދެ ފިރިހެނަކާއި 24 އަހަރުގެ ބަންގަލްދޭޝް މީހެކެވެ.
އަދި ފ. ބިލެއްދޫން 11 އަހަރުގެ ފިރިހެން ކުއްޖަކާއި ކ. މާފުށިން 26 އަހަރުގެ އަންހެނަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެކި ހިސާބުތަކުން މި ބައްޔަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން ދާއިރު ގިނައިން ޕޮޒިޓިވް ވަވީ މާލެއިން އެ ރަށަކަށް ގޮސް ކަރަންޓިނުގައި ތިބޭ މީހުންނެވެ.
ރާއްޖޭގައި ކޮވިޑް ބަލިޖެހުނު މީހުންގެ އްދަދު ވަނީ 6,912 އަށް އުފުލިފަ އެވެ. މިވަގުތު ކޮވިޑް ޖެހި ފަރުވާފައި ތިބީ 2588 މީހުންނެވެ. ބަލި މީހުންގެ ތެރެއިން ވެންޓިލޭޓަރުގައި ފަރުވާ ދެނީ އަށް މީހަކަށެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން މަރުވެފައި ވަނީ 27 މީހުންނެވެ.