ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑުގައިި އަނެއްކާވެސް ދިވެއްސަކު މަރުވެއްޖެ

ކޮވިޑު ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހަކު މިއަދު މަރުވެއްޖެ އެވެ. މި ބަލީގައި މަރުވީ 60 އަހަރުގެ ފިރިހެނެކެވެ.

މިއަދު މަރުވި އެ މީހާ މަރުވީ ފަތިސް ނަމާދަށް ހުއްޓައި ހާލު ގޯސްވުމަށްފަހު އެވެ. އަދި އޭނާ މަރުވި އިރު އޭނާގެ އަންހެނުން ވެސް އެ ހުޅުމާލޭގެ އެ ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތެވެ.

މި ފިރިހެން މީހާ މަރުވުމުން ކޮވިޑް19 ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 28 އަށް އެރީ އެވެ.

އިއްުޔެ ނިޔަލަށް ރާއްޖެއިން 6912 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. މިވަގުތު ރާއްޖޭގައި 2588 މީހަކު ފަރުވާގައި އެބަތިއްބެވެ. އޭގެތެރެއިން 171 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވެއެވެ. އޭހެ ބައެއް މީހުން ތިބީ އައިސީޔޫގަ އެވެ.