އެސްއެމްއީ ބޭންކް

އެސްޑީއެފްސީގެ ލޯނުތައް މި އަހަރުގެ ނިޔަލަށް ފަސްކޮށްފި

Aug 27, 2020
1

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކޮށްފައިވާ ހުރިހާ ލޯނު ތަކެއް މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމައިފި އެވެ.

ރާއްޖޭގެ ކުދި ވިޔަފާރި ތަކަށް މާލީ އެހީތެރިކަން ދޭން، ސަރުކާރުގެ އެހީތެރިކަމާއެކު އުފެއްދި ބޭންކުގެ ލޯނުތައް ފަސްކޮށްދިންކަން އިއުލާނު ކުރައްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ހުރިހާ ލޯނު ތަކެއް މި އަހަރުގެ ނިޔަލަށް ފަސްކޮށް ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެހެން ބޭންކް ތަކުން ވެސް މި ބަދަލު ގެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް، އެސްޑީއެފްސީން ގެނައި މި ބަދަލާ ބެހޭ ގޮތުން، އެ ބޭންކް އިން އަދި އެއްޗެއް ނުބުނެ އެވެ.

އެސްޑީއެފްސީ އިން ދަނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ގިނަ އަދަދެއްގެ ލޯނު ދެމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން، ވިޔަފާރި ތަކަށް އެހީވުމުގެ ގޮތުން ސަރުކާރުގެ އެހީތެރިކަމާއެކު، އެސްޑީއެފްސީ މެދުވެރިކޮށް ކުދި އަދި މެދުފަންތީ ވިޔަފާރިތައް މިހާލަތުގައި ދެމިތިބެން ބޭނުންވާ އެހީގެ ގޮތުގައި ލުއި ލޯނު ދަނީ ދޫކުރަމުންނެވެ. އެސްޑީއެފްސީ އިން ކުދި ވިޔަފާރި ތަކަށް ދެނީ 500،000ރ. ހަމަ އަށް ނެގޭ ލޯނު ތަކެވެ. މި ސްކީމުގެ ދަށުން ލޯނު ދޭނީ ހަ ޕަސެންޓު އިންޓްރެސްޓުގަ އެވެ. މި ލޯނު ދައްކަން ތިން އަހަރު ލިބެ އެވެ.

އެސްޑީއެފްސީން މިހާތަނަށް 1،0،46 ވިޔަފާރި އަށް 209،9 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި އަމިއްލަ މަސައްކަތް ކުރާ 433 ފަރާތަކަށް 13 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.