އެޗްޕީއޭ

ދުމުގެ ނުރައްކާ ބޮޑު، ސަމާލުވޭ: އެޗްޕީއޭ

އެސްބީއައި އާއި އުރީދޫ ފަދަ އޮފީސްތައް ހުންނަ ގަދަގޭ މުހައްދުފުޅު ބިލްޑިންގުގައި ރޯވެފައިވާ އަލިފާނާއެކު ފެތުރިފައިވާ ދުމުން ރައްކާތެރިވުމަށް އެ ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމުން ނުދިޔުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިލްތިމާސް ކޮށްފި އެވެ.

ބޮޑުތަކުރުފާނު މަގުން ހެންވޭރަށް އާޓިފިޝަލް ބީޗާ ކައިރިން ހުންނަ 10 ބުރީގެ އިމާރާތުގެ ބައެއްގައި މިހާރުވެސް އަލިފާން ހިފާފައި އަނދަމުން ދެއެވެ.

އެޗްޕީއޭއިން ވަނީ ދުމުން ރައްކާތެރިވުމަށް އަލިފާނުގެ ހާދިސާ ހިނގަމުންދާ ސަރަހައްދަށް އާއްމުން ނުދިޔުމަށް އިލްތިމާސްކޮށްފައެވެ.

"މިވަގުތު ބޮޑުތަކުރުފާނު މަގު އެސްބީއައި ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް އިލްތިމާސް ކުރަން،" އެޗްޕީއޭގެ އިލްތިމާސްވެއެވެ.

ދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ގޭގެތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.