ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސަރަހައްދުގެ ކާފިއު

ހަފްތާއަކުން 2،800 ވުރެ ގިނަ މީހުން ޖޫރިމަނާ

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފަށް އުޅުނު 2810 މީހަކު މިދިޔަ ހަފްތާގައި ޖޫރިމަނާކޮށްފި އެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުގައި، ޖަނަވަރީ 31 އިން މި މަހުގެ ހަތްވަނަ ދުވަހަށް މާސްކު ނާޅާ ބޭރުގައި އުޅުނު 1551 މީހަކު ވަނީ ޖޫރިމަނާކޮށްފަ އެވެ. އެއީ މާލެ ސަރަހައްދުންނެވެ.

އަދި ކާފިއު އިއުލާނުކޮށްފައިވާ ގަޑީގައި ބޭރުގައި އުޅުނު 988 މީހުންނާއި ދުއްވާ އެއްޗެހި ދުއްވުން މަނާ ގަޑީގައި ބޭރުތެރޭ އުޅުނު 271 އުޅަނދެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ އެޗްޕީއޭ އިން ދުއްވާއެއްޗެހި ދުއްވުން ރޭގަނޑު 8:30 އިން ފަތިހު 4:00 އަށް މަނާކޮށްފައިވާއިރު، ބޭރަށް ނިކުމެ އުޅުން ރޭގަނޑު 11:00 އިން ފަތިހު 4:00 އަށް ވަނީ މަނާކޮށްފަ އެވެ. އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވާ މީހުންނަށް މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ.