ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސަރަހައްދުގެ ކާފިއު

ކޮވިޑް އުސޫލާ ހިލާފުވި 415 މީހަކު ޖޫރިމަނާކޮށްފި

ކާފިއު ވަގުތު ބޭރުގައި އުޅުނު މީހަކު ހުއްޓުވާ ސުވާލު ކުރަނީ: އުސޫލާ ހިލާފުވާ މީހުން ޖޫރިމަނާ ކުރާނެ -- އަވަސް ފޮޓޯ
0%
0%
0%

ކޮވިޑް-19 އިން ރައްކާތެެރިވުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވި 415 މީހަކު ޖޫރިމަނާ ކޮށްފި އެވެ.

ކޮންޓްރޯލެއް ނެތި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. ފިޔަވަޅުތައް ތަންފީޒު ކުރަން ފުލުހުންނާއި ސިފައިން މަގުމަތީ ހަރަކާތްތެރިވާއިރު އުސޫލާއި ހިލާފުވާ މީހުންނަށް ނަސޭހަތް ދިނުމަށް ފަހު ތަކުރާރު ކުރާނަމަ ޖޫރިމަނާ ކުރެއެވެ.

އެޗްއީއޯސީން މިރޭ ބުނީ މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި އުސޫލުތަކާއި ހިލާފުވި 415 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެގޮތުން 159 މީހަކު ޖޫރިމަނާ ކުރީ މާސްކު ނާޅާ ބޭރުގައި އުޅެގެނެވެ. ބޭރުގައި އުޅޭއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ. ނަމަވެސް މި ފަހުން މާސްކު ނާޅާ ބޭރުގައި އުޅޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން ކާފިއު ވަގުތު ބޭރުގައި އުޅުނު 252 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ. މާލެ ސަރަހައްދުގައި ކާފިއު ހިންގަނީ ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށެވެ. މި ބާރަ ގަޑިއިރު ޒަރޫރީ ބޭނުމަށް ހުއްދަ ހޯދައިގެން ނޫނީ ބޭރަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ. ކާފިއު ހިދުމަތް ހޯދި ހަތަރު މީހަކުވެސް ވަނީ ޖޫރިމަނާކޮށްފައެވެ.

ޖޫރިމަނާ ކުރަނީ 1،000 ރުފިޔާއިންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
January
SunMonTueWedThuFriSat
2930311234567891011121314151617181920212223242526272829303112345678