ކޮވިޑް-19 އަށް ހަތް ގައިދީއަކު ޕޮޒިޓިވްވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އިން މިއަދު ބުނީ އޮގަސްޓް މަހުގެ 23 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ޖަލާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރުން ނެގި ސާމްޕަލް ތަކުގެ ތެރެއިން ހަތް ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ކަރެކްޝަނުން ބުނީ އޮފިސަރުންނާއި މުވައްޒިފުންގެ ތެރެއިން 10 ސާމްޕަލް، ގައިދީންގެ ތެރެއިން 41 ގައިދީއެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަތް ގައިދީއެއްގެ ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އަދި 19 ސާމްޕަލެއް ނެގެޓިވްވެފައިވާއިރު ނަތީޖާ ނުލިބެނީ 15 ސާމްޕަލެއްގެ އެވެ.
މީގެ އިތުުރުން ރާއްޖެއިން ފުރުވާލެވެންދެން ބައިތިއްބާފައި ތިބި ބިދޭސީންގެ ތެރެއިން 31 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އޭގެ ތެރެއިން ފަސް މީހެއްގެ ސާމްޕަލް ޕޮޒިޓިވެވެ. 16 ސާމްޕަލް ނެގެޓިވް ވެފަައިވާއިރު ނަތީޖާ ނުލިބޭ 10 ސާމްޕަލެއްވެއެވެ.