ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އަލަށް ކޮވިޑަށް ޕޮޒިޓިވްވީ 89 މީހުން

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 89 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 88 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށެވެ. އެހެން މީހަކީ އަތޮޅުތެރޭގެ ރަށކުން ޕޮޒިޓިވްވެފައިވާ މީހެކެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 63 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 20 މީހަކާއި އިންޑިއާގެ ފަސް މީހަކާއި ސްރީ ލަންކާ މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 7,667 އަރާފައެވެ. މިއަދު ކޮވިޑުން ރަނގަޅުވީ 111 މީހުންނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 4536 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2597 މީހުންނެވެ. ކޮވިޑްގައި 28 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 181 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.