ދުނިޔެ

މޮންޓެނީގްރޯގެ އިންތިހާބުގައި އިދިކޮޅު ކާމިޔާބު ހޯދަނީ

Aug 31, 2020

މޮންޓެނީގްރޯގެ އިންތިހާބުގައި ވެރިކަންކުރާ ޑިމޮކްޓްރެޓިކް ޕާޓީ އޮފް ސޯސަލިސްޓް (ޑީޕީއެސް) އަށް އިންތިހާބުގައި ނާކާމިޔަަބު ވެދާނެ ކަމަށް ބެލެވެން ފަށައިފި އެވެ. މިހާތަނަށް އިއުލާން ކުުރި ނަތީޖާއިން ދައްކާ ގޮތުގައި އިދިކޮޅު ޕާޓީ އުޅެނީ ތަންކޮޅެއް ކުރީގަ އެވެ. އިދިކޮޅު ޕާޓީން އިންތިހާބު ކާމިޔާބު ކޮށްފިނަ އެވާނީ ވޭތުވެދިޔަ 30 އަހަރުތެޜޭގައި އިންތިހާބަކުން ވެރިކަންކުރާ ޑީޕީއެސް ބަލިވާ ފުރަތަމަ ފަހަރަށެވެ.

މޮންޓެނީގްރޯއަކީ 620000 މީހުނެގެ އާބާދީއެއް އޮންނަ ގައުމެކެވެ. މި އަހަރު ވެރިކަންކުުރާ ޕާޓީއަށް ވަނީ ބޮޑު ޗެލެންޖަކާއި ކުރިމަތިވެފަ އެވެ. އެއީ ސާބިއާއަށް ތާއީދު ކުރާ ކަނާއަތުފިޔައިގެ ޕާޓީއަކުން ޑީޕީއެސް އާއި ވަރުގަދަ ޗެލެންޖެއް ކުރުމުންނެވެ. އަދި އިދިކޮޅު ޕާޓީން ސާބިއާ އާއި ރަޝިއާ އާއި ބަދަހި ގުޅުމެއް ބާއްވަން ބޭނުންވާތީ އެވެ

ޑީޕީއެސްއަކީ އަދިވެސް އެއްޕާޓީއަކުން އެންމެ ގިނަ ގޮނޑި ޕާލަމެންޓުގައި ކާމިޔާބުކުރި ޕާޓީއެވެ. އެހެން ނަމަވެސް މިއީ މޮންޓެނީގްރޯ، ސާބިއާގެ އަތް ދަށުން މިިނިވަންވުމަށް ފަހު އިންތިހާބެއްގައި އެ ޕާޓީއަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީ އެވެ. ސާބިއާގެ އަތް ދަށުން މިނވަންވުމަށް ފަހު ވެރިކަންކުރާ ޕާޓީއަށް އިންތިހާބެއްގައި ނާކާމިޔާބީއާއި އަދި ކުރިމަތިލާންޖެހިފައެއް ނުވެއެވެ. ސާބިއާއަށް ތާއީދުކުރާ އިދިކޮޅު ޕާޓީ އާއި އަދި އިތުރު ދެ ޕާޓި ގުޅިއްޖެނަމަ މިހާރު ވެރިކަން ކުރަމުންދާ ޑީޕީއެސް. އަށް ވެރިކަން ގެއްލޭނެ އެވެ

އިލެކްޝަން މޮނީޓާކުރާ ސީޢީއެމްއައި ލަފާ ކުރާގޮ ތުގައި އިދިކޮޅު ބޮޑު ތިން ޕާޓީއަށް 81 މެމްބަރުންގެ އެސެމްބްލީގެ 41 ގޮނޑި ލިބޭނެ އެވެ.