ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސެޕްޓެންބަރު ފުރަތަމަ ދުވަސް: 199 މީހުން ޕޮޒިޓިވް

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 199 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 168 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށެވެ. އެހެން 31 އަތޮޅުތެރޭގެ ރަށކުން ޕޮޒިޓިވްވެފައިވާ މީހެކެވެ. މިއީ އަތޮޅުތެރެއިން އެެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ދުވަހެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 145 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 42 މީހަކާއި އިންޑިއާގެ ފަސް މީހަކާއި ސްރީ ލަންކާ ތިން މީހަކާއި އެމެރިކާގެ ދެ މީހެއްގެ އިތުރުން ޗައިނާ އަދި ޖަޕާނު މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 8،003 އަރާފައެވެ. މިއަދު ކޮވިޑުން ރަނގަޅުވީ 119 މީހުންނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 5،265 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2،703 މީހުންނެވެ. ކޮވިޑްގައި 29 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 162 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.